Ads by Stelco

ޚަބަރު

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުޑަ އަންހެން ކުއްޖާ ފެނިއްޖެ

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުޑަ އަންހެން ކުއްޖާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ ޝިބާ ރަޝީދު---

farudhun logo

ފަރުދުން

01 ޑިސެމްބަރު 2025، 06:57

01 ޑިސެމްބަރު 2025، 06:57

ހުޅުމާލޭ ފޭސް-2އިން ގެއްލިގެން ހޯދަމުން ދިޔަ ކުޑަ އަންހެން ކުއްޖާ ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ރ. ދުވާފަރަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ ޝިބާ ރަޝީދު ވީނުވީއެއް ނޭންގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެ ދުވަހުގެ 05:55 ހާއިރު ގެއިން ނިކުމެގެން ދިޔަ ގޮތަށް އޭނާ ގެޔަށް އައިސްފައެއް ނުވެއެވެ. 

އަދި އެ ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުންގެ އެކި ބަހާތައް ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ފެށައިގެން ކުރިޔަށް ގެންދިޔަކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އަދި މީސްމީޑިއާގައި އެ ކުއްޖާގެ ވަނަވަރު ހާމަކުރިފަހުން، އާދީއްތަ ދުވަހުގެ ވަގުތެއްގައި އެ ކުއްޖާ އަމިއްލައަށް ގެޔަށް ގޮސްފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

އެ ކުއްޖާ ގެޔަށް ދިޔައިރު ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ހާމަކުރިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން