Ads by Stelco

ޚަބަރު

މިދިޔަ އޮކްޓޯބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 101 މައްސަލައެއް ހުށަހަޅައިފައިވޭ

މިދިޔަ އޮކްޓޯބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 101 މައްސަލައެއް ހުށަހަޅައިފައިވޭ

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަ އޮކްޓޯބަރުމަހު ހުށައަޅައިފައިވޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޑިސެމްބަރު 2025، 09:46

01 ޑިސެމްބަރު 2025، 09:46

މިހިނގާ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ 101 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް  އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން ބުނެފައިވަނީ މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން މި ބާވަތުގެ 34 މައްސަލައެއްވަނީ ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 18 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 16 މައްސަލައެއް ކަމަށެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ޖިންސީ ހާނިއްކައިގެ މައްސަލަކަމަށް އެވުޒާރާއިން ބުނެފައިވެއެވެ. އެގޮތުން، މި ބާވަތުވެ 23 މައްސަލައެއް އޮކްޓޫބަރު މަހު ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 06 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 17 މައްސަލައެކެވެ.

ހަމައެހެންމެ، ޖިސްމާނީ ހާނިއްކައިގެ 14 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 12 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 11 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 04 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން - ބްލެކްމެއިލް ކުރުމުގެ 01 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ކުރުމުގެ 01 މައްސަލަ އަދި އެކިކަހަލަ ކުށްތަކަށް އަރައިގަންނަ ޖަމާޢަތުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 01 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

އެވުޒާރާއިން ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން އޮކްޓޫބަރު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 53 މައްސަލައަކާއި ފިރިހެން ކުދިންގެ 48 މައްސަލައެއްކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންގެ އަޚްލާގީ މައްސަލަތަކާ ގުޅޭ 29 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ސްކޫލަށް ދާން ބޭނުން ނުވުމުގެ މައްސަލަތަކާއި، ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ މައްސަލަތަކެއް ކަމަށް ބުނެފައިވެއެވެ. އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 04 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެވެސް 04 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. ހަމައެހެންމެ، ގެއިން ނިކުމެގެން ދިއުމުގެ 02 މައްސަލަ ވެސް އޮކްޓޫބަރު މަހު ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން، އެހެނިހެން މައްސަލަތަކުގެ 19 މައްސަލަ ހިމެނެއެވެ.

ކުދިންގެ އަޚްލާގީ މައްސަލަތަކާއި ގުޅިގެން އޮކްޓޫބަރު މަހު އެ ވުޒާރާއަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ފިރިހެން ކުދިންގެ މައްސަލަތައް ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ. އެގޮތުން ހިމެނެނީ، ފިރިހެން ކުދިންގެ 23 މައްސަލައަކާއި އަންހެން ކުދިންގެ 06 މައްސަލައެއްކަމަށްވެސް ބުނެފައިވެއެވެ.

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ކުޑަކުދިންގެ ހައްޤުތަކާ ގުޅުންހުރި 12 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުދިން ސްކޫލަށް ނުފޮނުވުމުގެ މައްސަލަތައް ކަމަށާއި، އެގޮތުން ކުދިން ސްކޫލަށް ނުފޮނުވުމުގެ 06 މައްސަލައެއްވަނީ ރިޕޯޓުކޮށްފައިވާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

ހަމައެހެންމެ، އައި.ޑީ ކާޑު / ޕާސްޕޯޓު / އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ 05 މައްސަލައަކާއި ކުދިންނަށް ވެކްސިން ނުދިނުމުގެ 01 މައްސަލަވެސް އޮކްޓޫބަރު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ.

ކުޑަކުދިންގެ ހައްޤުތަކާ ގުޅުންހުރި މައްސަލަތަކާއި ގުޅިގެން އޮކްޓޫބަރު މަހު ވުޒާރާއަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގައި ހިމެނެނީ، އަންހެން ކުދިންގެ 06 މައްސަލައަކާއި ފިރިހެން ކުދިންގެ 06 މައްސަލައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން