ޚަބަރު
ދިއްފުށީ ފުޓުބޯޅަ ދަނޑުގެ އަދާހަމަ: ވަށާފާރު ރޭނުމުގެ މަސައްކަތް ނިމުމަކާ ގާތަށް
ކ. ދިއްފުށީ ފުޓުބޯޅަ ދަނޑުގެ އަދާހަމަ.
ފަރުދުން
01 ޑިސެމްބަރު 2025، 04:48
01 ޑިސެމްބަރު 2025، 04:48
ކ. ދިއްފުށީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ، ވަށާފާރުގެ ބީމުގެ ކޮންކްރީޓް މަސައްކަތް ކަމަށް، މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އިން ހާމަކޮށްފިއެވެ.
އެމް.ޓީ.ސީ.ސީ.އިން ބުނީ، ދަނޑުގެ ވަށާފާރު ރޭނުމުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން، ފާރުގައި ސިމެންތި ޖެހުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިއްފުށީ ފުޓުބޯޅަ ދަނޑުގައި ކުރިން ވަނީ ޓަރފް އަޅައި ނިންމާފައެވެ. ނަމަވެސް، ޒަމާނީ ދަނޑެއްގައި ހުންނަން ޖެހޭ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ރެސްޓްރޫމް، ޗޭންޖިންގ ރޫމް ފަދަ ވަސީލަތްތައް ދަނޑުގައި ތަރައްޤީކުރެވިފައެއް ނުވެއެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު، މި ފަދަ ވަސީލަތްތައް ނެތް ރަށްރަށުގައި، ފުޓުބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ގޮތުން، ރޭގަނޑު ކުޅެވޭ ގޮތަށް ދަނޑުތަކުގައި ލައިޓް ހަރުކުރުމާއި، ޗޭންޖިންގ ރޫމް އަދި ރެސްޓްރޫމް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
އުފާވެރި އަދި ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، ރައްޔިތުންނަކީ ކުޅިވަރު ކުޅޭ، އަދި ކަސްރަތުކުރުމަށް ހޭލުންތެރި ބަޔަަކަށް ހެދުމާ އެކުގައި، އެ ޚިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ހަލުވި ދުވެލީގައި ކުރަމުންނެވެ.
Project Update: K. Dhiffushi Football Ground Remaining Works
— MTCC Plc (@MTCCPlc) December 1, 2025
Concrete beam works are ongoing with 90% completion. Plastering works are also ongoing.
Follow more updates at: https://t.co/SfVAzkW2pp #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/PTEQWB7aDg