Ads by Stelco

ޚަބަރު

މާލެ ސިޓީ އިމާމުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގުރާމް ނިންމާލައިފި

މާލެ ސިޓީ އިމާމުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގުރާމް ނިންމާލައިފި

މާލެ ސިޓީ އިމާމުންނާއި ޚަޠީބުން ތާޒާކުރުމަށް ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޑިސެމްބަރު 2025، 05:17

01 ޑިސެމްބަރު 2025، 05:17

މާލެ ސިޓީގެ އިމާމުންނާއި ޚަޠީބުންގެ ފެންވަރު މަތިކުރުމަށްޓަކައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

 މި ވޯކްޝޮޕްގައި މާލެ ސިޓީގެ ޖުމްލަ 73 އިމާމުން ބައިވެރިވެފައިވެ އެވެ. މި ވޯކްޝޮޕްގެ މަޤްޞަދަކީ އިމާމުންނާއި ޚަޠީބުންގެ މަސައްކަތްތައް ތާޒާކޮށް، ދީނީ ދާއިރާގައި އެބޭފުޅުންގެ ހުނަރު އިތުރުކުރުމެވެ.

މި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މިފަދަ ތަމްރީން ޕްރޮގްރާމްތަކަކީ އިމާމުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވަރަށް މުހިންމު ކަމެއްކަން ވަޒީރު ޝަހީމް ފާހަގަކުރެއްވި އެވެ.

މި އަހަރު މިހާތަނަށް ޖުމްލަ 738 އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގްރާމްތައް ހިންގާފައިވާކަން ފާހަގަކޮށްލެވެ އެވެ. އަދި ދެން އަންނަ އަހަރު އިމާމުންގެ ތަމްރީން އިތުރަށް ފުޅާކުރުމަށް ވަނީ ރާވާފަ އެވެ. އެގޮތުން، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން އިތުރު ތަމްރީނުތަކަށް އިމާމުން މިޞްރަށް ފޮނުވުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ޢަރަބި ބަސް ކިޔެވުމަށް މޮރޮކޯއަށް ވެސް ފުރުޞަތު ލިބިގެންދާނެ އެވެ.

މިދިޔަ އަހަރު ވެސް އިމާމުން ބޭރުގެ ޤައުމުތަކަށް ފޮނުވުމުގެ ޕްރޮގްރާމްތައް ހިންގާފައިވެ އެވެ. ސަޢޫދޢީަރަބިއްޔާ، ބުރޫނާއި، އިންޑޮނޭޝިޔާ، އަދި މެލޭޝިޔާ އިން ޖުމުލަ 100 އަށް ވުރެ ގިނަ ފުރުޞަތުގައި އިމާމުން ވަނީ ބޭރަށް ފޮނުވިފަ އެވެ. މިފަދަ ބައިނަލްއަޤްވާމީ ތަމްރީނުތަކުގެ ސަބަބުން އިމާމުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދީނީ ޢިލްމުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން