Ads by Stelco

ޚަބަރު

ރަސްމާލެ ހިއްކުން އަވަސްކުރުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރެޖަރު ބޭނުންކުރަން ފަށައިފި

ރަސްމާލެ ހިއްކުން އަވަސްކުރުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރެޖަރު ބޭނުންކުރަން ފަށައިފި

ޑްރެޖަރު--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 ޑިސެމްބަރު 2025، 07:38

01 ޑިސެމްބަރު 2025، 07:38

ރަސްމާލެ ހިއްކުން އަވަސްކުރުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ބޭނުންކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތައް އަވަސްކުރެއްވުމަށް ބިޔަ ޑްރެޖަރުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަން ސަރުކާރުން ވަނީ މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައި ހާމަކުރައްވާފައެވެ.

އެގޮތުން، އޭގެ ތެރެއިން 2 ޑްރެޖަރެއް ގެނެސްގެން މަސައްކަތް ފަށާފައިވާއިރު، 3 ވަނަ ޑްރެޖަރުވެސް ރާއްޖެ ގެނެސް މަސައްކަތް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރެޖަރުކަމަށްވާ "ކްރިސްޓޮބަލް ކޮލޮން" ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަން ފަށާފައިވާކަމަށެވެ. އަދި މި ޑްރެޖަރުގެ ސަބަބުން ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ގުނަ ހަލުއިވެގެންދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރަސްމާލޭގެ މަޝްރޫޢަކީ، ދުނިޔޭގެ ވެސް ފުރަތަމަ އީކޯ ސިޓީގެ ގޮތުގައި ތަރައްޤީކުރާ ރަށެވެ. މީގެ އިތުރުން، ހުޅުމާލެ 3 ވަނަ ފިޔަވައްސާއި ގުޅީފަޅު ހިއްކުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށްގެންދާއިރު، ރަށްރަށުގައި ބިން ހިއްކުމުގެ ގިނަ މަޝްރޫޢުތަކުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ދައުރު ނިމޭއިރު އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ހުރިހާ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން