ޚަބަރު
ސްކޫލުތަކަށް ދަރިވަރުން ވެއްދުމުގެ މުއްދަތު ހަމަވާން ކައިރިވަނީ
ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ދިވެހިރާއްޖޭގެ ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް 2025 ވަނަ ދިރާސީ އަހަރަށް ދަރިވަރުން ވެއްދުމުގެ މުއްދަތު ހަމަވާން ގާތްވެފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ހާމަކޮށްފިއެވެ.
މިނިސްޓްރީގެ އެކްސްގެ ޕޯސްޓެއްގައި ބުނެފައިވަނީ، ދަރިވަރުން ވެއްދުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މައިންބަފައިންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް އެދިފައިވެއެވެ.
މިނިސްޓްރީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމަށް މުއްދަތު ހަމަވާން މިހާރު ބާކީ އޮތީ ހަމައެކަނި ހަތް ދުވަހެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ މި އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހެވެ.
ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަނާޅާ ދަރިވަރުންނަށް ޖާގަ ލިބުމުގައި ދަތިތަކާ ކުރިމަތިވެދާނެއެވެ. އެހެންކަމުން، ދަރިވަރުންގެ ތަޢުލީމީ މުސްތަޤުބަލަށް އިސްކަންދީ، ވަގުތުން ވަގުތަށް އެޕްލިކޭޝަން ހުށަހެޅުމަށް މައިންބަފުމަށް މައިންބަފައިންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
2025 ވަނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް، ސުންގަޑިއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުއްވުން އެދެން. pic.twitter.com/9vstgGIfyA
— Ministry of Education (@MoEdumv) November 9, 2024