Ads by Stelco

ޚަބަރު

ބުރިޖު މަތިން ހިނގި އެކްސިޑެންޓަކާ ދިމާވުމުން، އަނިޔާވި މީހުން ދާޚިލީ ވަޒީރުގެ ރަސްމީ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންގޮސްދީފި

ބުރިޖު މަތިން ހިނގި އެކްސިޑެންޓަކާ ދިމާވުމުން، އަނިޔާވި މީހުން ދާޚިލީ ވަޒީރުގެ ރަސްމީ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންގޮސްދީފި

ް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން---

farudhun logo

ފަރުދުން

01 ޑިސެމްބަރު 2025، 11:24

01 ޑިސެމްބަރު 2025، 11:24

ސިނަމާލެ ބުރިޖު މަތިން ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓަކާ ދިމާވުމުން، އަނިޔާވި މީހުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު، ޢަލީ އިޙްސާންގެ ރަސްމީ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންގޮސްދީފިއެވެ.

މިއީ މިރޭގެ 18:30 ހާއިރު ހިނގި އެކްސިޑެންޓެކެވެ. މި އެކްސިޑެންޓުގައި އަނިޔާވީ ދެ ސައިކަލުގައި ތިބި ދެ މީހުންނަށެވެ. 

މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކުގެ މޫނު މަތި ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ދެ މީހުންގެ ހަށިގަނޑުގެ އެކި ތަންތަނުން މަށައިގެން ގޮސްފައި ވެސް ވެއެވެ. މީގެ އިތުރުން ދެ މީހުން ދުއްވަން ބޭނުންކުރި ސައިލަކްތަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. 

މި އެކްސިޑެންޓު ހިނގާވެފައި އޮތް ވަގުތު އެ ތަނަށް ދެވުމުން، ވަޒީރު އިޙްސާން ވަނީ ކާރުކޮޅުން ނިކުމެވަޑައިގެން އަނިޔާވު ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން