Ads by Exprox

ޚަބަރު

ހުޅުމާލޭގައި ޕާކިންގ ބިލްޑިންގ އަޅަން ހުޅުވާލައިފި!

ހުޅުމާލޭގައި ޕާކިންގ ބިލްޑިންގ އަޅަން ހުޅުވާލައިފި!

ހުޅުމާލޭގައި އަޅާ ޕާކިންގ ބިލްޑިންގގެ މޮޑެލް އެއް. ފޮޓޯ: އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޯގަސްޓު 2024، 07:40

29 އޯގަސްޓު 2024، 07:40

ހުޅުމާލޭގައި ޕާކިންގ ބިލްޑިންގ އަޅަން ހުޅުވާލައިފިއެވެ.

 ހުޅުމާލޭގައި 12 ޕާކިން ބިލްޑިން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުޞަތު މިއަދު ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނެފައިވަނީ މި މަޝްރޫޢަކީ ހުޅުމާލޭގެ ޕާކިން މައްސަލައަށް ޙައްލެއް ހޯދުމަށާއި، ވެހިކަލްތަށް ރައްކާތެރިކޮށް ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.

މި ޕާކިން ބިލްޑިންތަކުގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނޭނެކަމަށް އެކޯޕަރޭޝަނުން ބުނެފައިވެއެވެ.

އަދި މީގެއިތުރުން އެއް ފަރާތަށްވުރެ ގިނަ ފަރާތުން މަޝްރޫޢަށް ޝައުގުވެރިކަން ފާޅުކޮށްފިނަމަ، އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް މަޝްރޫޢު ހަވާލުކުރެވޭނޭކަމަށާއި އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނީ ހުށަހަޅާފައިވާ ބިޒްނަސް މޮޑެލްއާއި، އޮޕަރޭޓަރުގެ ތަޖުރިބާ އަދި ސީއެސްއާރުގެ މައްޗަށްކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ.

ހަމަމިއާއި އެކު މަޝްރޫޢު ދޫކުރުމުގައި އިސްކަންދޭނީ އީޕީސީ ޕްލަސް އެފް (އިންޖިނޭރިން، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް) މޮޑެލްއަށްކަމަށާއި އެހެން މޮޑެލްތަކަށްވެސް އީއޯއައި ހުށަހެޅިދާނޭކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫޢުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 16 ސެޕްޓެމްބަރު 2024 ގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޯމު [email protected] އަށް ހުށައަޅަންވާނޭކަމަށްވެސް ބުނެފައިވެއެވެ.

އަދި މި މަޝްރޫއާ ގުޅޭ އިތުރު މަޢުލުމާތު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާ، އަދި މީގެ އިތުރުން އެޗްޑީސީގެ ނަންބަރު 1516 އަށް ގުޅައިގެންވެސް އިތުރު މަޢުލޫމާތު ސާފުކުރެވޭނޭކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ.

އެޗްޑީސީއިން އިތުރަށްބުނެފައިވަނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށްކަމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco