Ads by Stelco

ޚަބަރު

މެދު ރާއްޖެތެރެ އާއި އުތުރަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

މެދު ރާއްޖެތެރެ އާއި އުތުރަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

މާލެއަށް ވިއްސާރަކުރި ދުވަހެއް. ފޮޓޯ: ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޑިސެމްބަރު 2025، 12:28

02 ޑިސެމްބަރު 2025، 12:28

ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަކޮށް، ބައެއް ވަގުތުތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.

މި ސަރަހައްދުތަކުގެ ރައްޔިތުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި މި ސަރަހައްދުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ.

ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅު ނަމަވެސް، ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވެއެވެ. ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް މިއަދު ބޯކޮށް ވާރޭވެހުމަށްފަހު މާދަމާ ކެރީގެ އަސަރުކުރާނެއެވެ. އޭގެ ފަހުން ތިން ދުވަހަށް މޫސުން ރަނގަޅުވެ، އަންނަ އާދިއްތަ ދުވަހު އަނެއްކާވެސް މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން