ޚަބަރު
ގިނަ ޢަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި
ބިޔަރު ދަޅުތައް/ފޮޓޯ: ފުލުހުން
ގިނަ ޢަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ރައްޔިތެއްކަމަށްވާ ޝަމީމް އަހައްމަދު (31އ) ކަމަށެވެ.
މި މީހާ ހައްޔަރުކޮށްފައި ވަނީ، މިމަހުގެ 1 ވަނަ ދުވަހު ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ހުޅުމާލެ އެމްޓީސީސީ ޓާމިނަލް ކައިރިން ސައިކަލެއްގައި ދިޔަ މީހެއް ފުލުހުން ފެނުމުން އެއްޗެއް ފޮރުވަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

އެގޮތުން، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަސް ތެރެއިން 72 ބިޔަރު ދަޅު ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.