ދުނިޔެ
ހުޅަނގުއައްސޭރީގަައި ކުރިމަތިލުންތަކެއް، ފަލަސްޠީނުގެ ދެޒުވާނަކު ޝަހީދުވެއްޖެ
އިޒްރާއިލް ސިފައިން ހުޅަނގިއައްސޭރީގައި ހަރަކާތްތެރިވަނީ
ހުޅަނގުއައްސޭރީގައި އިޒްރާއިލްގެ އާންމުންނާއި ފަލަސްޠީނުގެ ޒުވާނުންތަކެއްގެ މެެދުގައި ކުރިމަތިލުން ތަކެއް ހިންގައި ފަލަސްޠީނުގެ ދެ ޒުވާނަކު ޝަހީދުކޮށްލައިފިއެވެ.
މިކުރިމަތިލުން ތަކުގައި ވަޅިން ހަމަލާދިނުމުގެ އިތުރުން ކާރަކުން ބައެއްގެ ގައިގައި ޖައްސައިފައިވެއެވެ.
އިޒްރާއީލުގެ އަސްކަރީ ރޭޑިއޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާމަލާގެ އަތިރަތު ސަރަހައްދުގައި ދިން ވަޅީގެ ހަމަލާއެއްގައި އިޒްރާއިލްގެ ދެ މީހަކަށް އަނިޔާވެފައިވެއެވެ. އަދި ޗެނަލް 15 އިން ވަނީ މި އަނިޔާވި ދެ މީހުންނަކީ ޕެރަޝޫޓް ބްރިގޭޑްގެ ދެ ސިފައިން ކަމަށް ބުނެފައެވެ.
އިޒްރާއީލުގެ ސިފައިން ބުނެފައިވަނީ، ހަމަލާދިން މީހާ އަތިރަތު ކައިރީގައި ތިބި ސިފައިންނަށް ވަޅިން ހަމަލާދޭން މަސައްކަތްކުރުމުން، އެ ވަގުތު އޭނާ ހުއްޓުވާލެވުނު ކަމަށެވެ. އަދި އިޒްރާއީލުގެ އެމްބިއުލާންސް ހިދުމަތުން ބުނީ، އަތިރަތު ސަރަހައްދުގެ އާބާދީ ކައިރީގައި ދިން ވަޅީގެ ހަމަލާގައި އެއްވެސް ނުރައްކަލެއް ނެތް ކުދި އަނިޔާތަކެއް ލިބުނު މީހުންނަށް ފަރުވާދީފައިވާ ކަމަށެވެ.
ޗެނަލް 15 ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިޒްރާއީލުގެ ސިފައިން ވަނީ އަތިރަތު ސަރަހައްދަށް އިތުރު ސިފައިން ފޮނުވައި، އެ ސަރަހައްދާ ކައިރީގައިވާ ފަލަސްތީނުގެ ރަށްތައް ވަނީ މުޙާޞަރާކޮށްފައެވެ.
މީގެ އިތުރުން، އިޒްރާއީލުގެ ޗެނަލް 12 އިން ސަލާމަތީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރާއީލުގެ ސިފައިންގެ 202 ވަނަ ބެޓޭލިއަންގެ ސިފައިން ވަނީ މީގެ ކުރިން ހިބްރޫންގެ އުތުރުގައި ކާރު ޖައްސައިގެން ހަމަލާދީ، އެ ހަމަލާގައި އިޒްރާއީލުގެ އަންހެން ސިފައިންގެ މީހަކަށް އަނިޔާވެފައިވެއެވެ. ކާރުދުއްވަން އިން ފަލަސްތީނުގެ ޒުވާނާ، އިޒްރާއިލް ސިފައިން ވަނީ ޝަހީދުކޮށްލާފައެވެ.
ފަލަސްތީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ހިބްރޫން ސިޓީގައި އިޒްރާއީލުގެ ސިފައިންގެ ބަޑީގެ ހަމަލާއެއްގައި 17 އަހަރުގެ މުހައްނަދު އަލް-ޒުޣައިރު ޝަހީދުކޮށްލާފައިވާކަން އިއުލާނުކޮށްފައެވެ. އަދި އެވުޒާރާއިން ބުނީ، ހިބްރޫން އަދި ބައިތު ރީމާ އިން ދެ ޝަހީދެއްގެ ހަށިގަނޑު އިޒްރާއީލުގެ ސިފައިން ހިފަހައްޓާފައިވާ ކަމަށެވެ.
މި ހަމަލާގެ ކުރިން، ހޯމަ ދުވަހުގެ ރޭ ހުޅަނގުއައްސޭރީގެ ދެކުނުގައިވާ "ކިރްޔަތު އަރްބާޢު" އާބާދީ ކައިރީގައި ކާރު ޖައްސައިގެން ދިން ހަމަލާއެއްގައި އިޒްރާއީލުގެ އަންހެން ސިފައިންގެ މީހަކަށް އަނިޔާވެފައިވެއެވެ. އިޒްރާއީލުގެ ސިފައިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ހަމަލާ ދީފައިވަނީ ހިބްރޫން ސަރަހައްދުގެ "ޔަހޫދާ އިންޓަސެކްޝަން" ކައިރީގައި ކަމަށާއި، އަނިޔާވި ސިފައިންގެ މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ހަމަލާ ދިން މީހާއަށް ސިފައިން ބަޑި ޖަހައި، އޭނާއަށް އަނިޔާވިކަން ފާހަގަވުމަށްފަހު، އޭނާ ހޯދުމަށް ސިފައިން ވަނީ ބޮޑު ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. އަލްޖަޒީރާގެ ނޫސްވެރިޔާ ބުނި ގޮތުގައި އިޒްރާއީލުގެ ސިފައިން ވަގުތުން ހެބްރޯން ސިޓީއަށް ވަދެ، އަހްލީ، މީޒާން، މުޙްތަސިބު އަދި ރެޑް ކްރެސެންޓް ހޮސްޕިޓަލްތަކުގެ ވަށައިގެންވާ ސަރަހައްދުތައް ބަލައި ފާސްކޮށްފައިވެއެވެ.
ފަލަސްތީނުގެ އިސްލާމީ މުޤާވަމަތުގެ ޙަރަކާތް (ޙަމާސް) އިން ވަނީ ހިބްރޫންގެ އުތުރުގައިވާ ޙަލްޙޫލް ޓައުން ކައިރީގައި ދިން ކާރު ޖެއްސުމުގެ ހަމަލާ ބަޠަލު ޢަމަލެއްގެ ގޮތުގައި ސިފަކޮށް، މިއީ އިސްރާއީލުގެ ޖަރީމާތަކަށް ދެވޭ ޖަވާބެއް ކަމަށް ބުނެފައެވެ. ޙަމާސް އިން ބުނީ، އިޒްރާއީލުން ކޮންމެ ދުވަހަކު ކުރިއަށްގެންދާ ޤަތުލުއާންމުތަކާއި، ގޭގެއަށް ވަދެގަތުމާއި، ގެދޮރު ތަޅާލުމާއި، ޣައްޒާ އަދި ހުޅަނގުއައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކަށް ދެވޭ ޝަރުޢީ އަދި ރުޅިވެރި ރައްދެއް ކަމަށެވެ.