ޚަބަރު
44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އާޓް އެގްޒިބިޝަނަށް ކުރެހުން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
އާޓް އެގްޒިބިޝަންގެ ޕޯސްޓަރ ފޮޓޯ:މަސްވރިކަމާއި ބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) ގުޅިގެން، 44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި "ސީސައިޑް ސްޓޯރީސް - ސެލެބްރޭޓިންގ ފިޝަރީޒް ތްރޫ އާޓް" ގެ ނަމުގައި އާޓް އެގްޒިބިޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެގްޒިބިޝަން އޮންނާނީ 2024 ވަނަ އަހަރުގެ ޑިސެންބަރު 12 އިން 14 އަށް މާލޭގައެވެ.
މި އެގްޒިބިޝަނުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމެވެ. މިގޮތުން، މި އަހަރުގެ ތީމަކީ "މަސްވެރިކަމުގެ ސިނާޢަތު ސިންދަފާތުކުރުމަށް ޒުވާނުންގެ ބައިވެރިވުން" އެވެ.
އެގްޒިބިޝަނަށް ހުށަހެޅޭނެ އާޓްވޯކެ އާޓްވޯކުގެ ބާވަތްތަކުގެ ތެރޭގައި ކުރެހުން، ކުލަޖެހުން، ޑިޖިޓަލް އާޓް، ސްކަލްޕްޗަރ އަދި މިކްސްޑް މީޑިއާ ހިމެނެއެވެ. ބައިވެރިވެވޭނީ 16 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށެވެ.
އާޓްވޯކް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ކަމާގުޅޭ ފޯމު ފުރިހަމަކުރުމަށްފަހު 21 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އަދި ނިމިފައިވާ އާޓްވޯކްތައް 11 ޑިސެންބަރު 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ގެންދަންވާނެއެވެ.
މި އެގްޒިބިޝަނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން، ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު އެއް އާޓްވޯކަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ އާޓް އެގްޒިބިޝަނަށް އާޓްވޯކް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން;https://t.co/caC23F5wtK pic.twitter.com/iiTrvHqUTS
— Ministry of Fisheries and Ocean Resources (@MFORmv) November 9, 2024