Ads by Stelco

ޚަބަރު

މަސްވެރިންނަށާއި ޢާންމު ފަރާތްތަކަށް ތެޔޮ ވިއްކާ އަގު މިފްކޯއިން ހެޔޮކޮށްފި

މަސްވެރިންނަށާއި ޢާންމު ފަރާތްތަކަށް ތެޔޮ ވިއްކާ އަގު މިފްކޯއިން ހެޔޮކޮށްފި

މަސްވެރިކަން ކުރާ ދޯންޏެއް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ޑިސެމްބަރު 2025، 01:48

03 ޑިސެމްބަރު 2025، 01:48

މަސްވެރިންނަށާއި ޢާންމު ފަރާތްތަކަށް ތެޔޮ ވިއްކާ އަގު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއިން ހެޔޮކޮށްފި އެވެ.

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް މަސްވެރިންނަށް ދޫކުރާ ތެޔޮ އަގުހެޔޮ ކުރުމަށް މިފްކޯއާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި ދެމެދު އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެފްއެސްއެމް އިން މިފްކޯއަށް ދޫކުރާ ތެޔޮ އަގުހެޔޮ ކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިމަހުގެ 10 އިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ދޫކުރާ ތެޔޮ އަގު ހެޔޮ ކުރުމަށް ނިންމާފައިވާއިރު، މިފްކޯއިން ތެލުގެ އަގަށް ގެނައި ބަދަލުތަކުގެ ތެރޭގައި މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތްތަކަށް ތެޔޮ ވިއްކަމުން ދާނީ 13.90 ރުފިޔާ އަށެވެ. އަދި މިފްކޯއަށް 3 ޓަނަށްވުރެ އިތުރަށް މަސްކިރާ ފަރާތްތަކަށް ތެޔޮ ވިއްކަމުންދާނީ 13.72 ރުފިޔާއަށެވެ. މީގެ އިތުރުން، ޢާންމު ފަރާތްތަކަށް މިފްކޯއިން ތެޔޮ ވިއްކާ އަގުވެސް ހެޔޮކޮށްފައިވާއިރު، ޢާންމު ފަރާތްތަކަށް މިފްކޯއިން ތެޔޮ ވިއްކަމުން ދާނީ 14.43 ރުފިޔާއަށެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސް.ޓީ.އޯ ރޭޓުން ޢާންމު ރައްޔިތުންނަށާއި މަސްވެރިންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ޤާއިމްކުރުމުގެ މަޝްރޫޢު ސަރުކާރުން ވަނީ ފަށާފައެވެ.

މަސްވެރިކަމުގެ ސިނާޢަތަކީ އަދުގެ ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއްދޭ ސިނާޢަތަކަށްވާއިރު، މި ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން