Ads by Stelco

ޚަބަރު

ރ. އިނގުރައިދޫގައި 350 ކިލޯވޮޓްގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދަނީ

ރ. އިނގުރައިދޫގައި 350 ކިލޯވޮޓްގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމެއް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދަނީ

މަސައްކަތުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ޑިސެމްބަރު 2025، 02:56

03 ޑިސެމްބަރު 2025، 02:56

ރ. އިނގުރައިދޫގައި 350 ކިލޯވޮޓްގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމަކާއި 618 ކިލޯވޮޓް ގަޑީގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (BESS) ބެހެއްޓުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރަށުގެ ކަރަންޓަށް ބޭނުންވާ ޑީސަލް ދަށްކޮށް، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނެ ކަމަށެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ސިސްޓަމް ބޭނުންކުރަން ފެށުމާއެކު، އަހަރަކު 164,672 ލީޓަރުގެ ޑީސަލް ބޭނުންކުރުން ކުޑަވެގެންދާނެ ކަމަށެވެ. މީގެ އިތުރުން، 403 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ވައިރިދުން ހުއްޓުވޭނެކަމަށް ލަފާކުރެވޭކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މިއީ ރާއްޖޭގެ ކަރަންޓު އުފެއްދުމުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށް ރާއްޖެ ކުރާ މަސައްކަތަށް ލިބޭ ކުރިއެރުމެއްކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

 2028 ވަނަ އަހަރާ ހަމައަށް، ރާއްޖޭގެ ކަރަންޓު އުފައްދާ މިންވަރުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ވިޝަން ޙާސިލްކުރުމަށް މި މަޝްރޫޢަކީ މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، މި ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ނިމި، އިނގުރައިދޫ ރައްޔިތުންނަށް އޭގެ ފައިދާ ލިބެން ފަށާނެ ދުވަހަކަށް ގިނަ ބަޔަކު އުންމީދުކުރާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ތެރޭގައި ހިންގަވާ ވަރަށް މުހިންމު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން