Ads by Stelco

ޚަބަރު

ލ. ގަމުގައި ހުންނަ އިންޖީނުގޭގައި އަލިފާން ރޯވެ އަނދަނީ

ލ. ގަމުގައި ހުންނަ އިންޖީނުގޭގައި އަލިފާން ރޯވެ އަނދަނީ

އަލިފާން ރޯވެ އަނދަނީ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ޑިސެމްބަރު 2025، 04:17

03 ޑިސެމްބަރު 2025، 04:17

ލ. ގަން ތުނޑި، އިންޖީނުގޭގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ގަމުގައި ހުންނަ ފެނަކައިގެ އިންޖީނުގޭގައި އަިފާން ރޯވުމާއި ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މީގެ އިތުރުން، ގަމުގެ ފެނަކަ އޮފީހުން މަޢުލޫމާތު ދިން ގޮތުގައި އިންޖީނުގޭގެ 80 އިންސައްތައިގައި މިހާރު ވަނީ އަލިފާން ރޯވެފައެވެ.  އަދި އަލިފާން ރޯވީ އިންޖީނު ރޫމުގައި ކަމަށާއި، އިންޖީނު ގޭގައި ހުރި 5 އިންޖީނުގެ ތެރެއިން، 2 އިންޖީނު މުޅިން ބޭނުން ނުކުރެވޭވަރަށް އަނދާ ގެއްލުންވެފައިވާކަމަށް ފެނަކައިން ވިދާޅުވިއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގަމުގައި ހުންނަ އިންޖީނުގޭގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. އަދި މުޅި އެ ސަރަޙައްދަށް ކަޅު ދުން ފެތުރިފައިވާއިރު ގަމާއި ގުޅިފައިވާ ހުރިހާ އަވަށްތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. މިކަމާއި ގުޅިގެން ގަމު ފެނަކަ ބްރާންޗުން ވިދާޅުވީ، ކަރަންޓު ދޭން ދެ ދުވަހުގެ މުއްދަތެއް ނަގާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ޙާދިސާގެ އިތުރު މަޢުލޫމާތު އެމްއެންޑީއެފް އިން އަދި ހިއްސާކޮށްފައި ނުވާއިރު، މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު އަދި ލިބިފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން