Ads by Stelco

ޚަބަރު

ރާއްޖޭގައި ހިންގަމުންދާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދު 1,311: ތަފާސްޙިސާބުތައް

ރާއްޖޭގައި ހިންގަމުންދާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދު 1,311: ތަފާސްޙިސާބުތައް

ރާއްޖޭގެ ރިސޯޓެއް. / ފޮޓޯ: ވިޒިޓް މޯލްޑިވްސް.

farudhun logo

ފަރުދުން

03 ޑިސެމްބަރު 2025، 05:34

03 ޑިސެމްބަރު 2025، 05:34

ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ހިންގަމުންދާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދު 1،300އަށް ވުރެ މަތި ކަން ތަފާސްޙިސާބުތަކުން ހާމަވެއްޖެއެވެ.

ތަފާސްޙިސާބުތަކުން ދޭހަވާ ގޮތުގައި، އިއްޔެގެ ނިޔަލަށް ރާއްޖޭގައި ހިންގަމުންދާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދު 1،311އަށް ވަނީ އަރާފައެވެ. އެއީ: 178 ރިސޯޓު، 950 ގެސްޓްހައުސް، 167 ސަފާރީ އަދި 16 ހޮޓެލެވެ. 

މި ފެސިލިޓީތަކުން ގެނެސްފައިވާ އެނދުތަކުގެ ޢަދަދު 66،761އަށް ވަނީ އުފުލިފައެވެ. މި ޢަދަދުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކަށް ގެނައި 44،423 އެނދާއި، ގެސްޓްހައުސްތަކުގެ 16،424 އެނދާއި، ސަފާރީތަކުގެ 3،316 އެނދާއި، އަދި ހޮޓެލްތަކުގެ 2،598 އެނދެވެ. ފަތުރުވެރީންނަށް ޚިދުމަތް ދިނުމަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބެޑް ކެޕޭސިޓީ އަކީ 67،275 އެނދެވެ.

މި އަހަރު ފެށުނީއްސުރެ އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމުލަ 2،034،827 ފަތުރުވެރީން ޒިޔާރަތްކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރު ރާއްޖެއަށް އައި ފަތުރުވެރީންގެ ޢަދަދަށް ވުރެ 10 އިންސައްތަ އިތުރު ޢަދަދެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން