ޚަބަރު
ގަމު އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލައިފި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވޭ
ގަމު އިންޖީނުގޭގައި އަލިފާން ރޯވެފައިވާ ތަޞްވީރެއް.
ފަރުދުން
03 ޑިސެމްބަރު 2025، 05:35
03 ޑިސެމްބަރު 2025، 05:35
ލ. ގަން ތުނޑި، އިންޖީނުގޭގައި ރޯވި އަލިފާން، ކާމިޔާބުކަމާ އެކު ނިއްވާލައިފިއެވެ.
ފުލުހުން މީޑިޔާތަކަށް ދެންމެ ފޮނުވި މެސެޖެއްގައި ބުނީ، ގަމު އިންޖީނުގޭގައި ރޯވި އަލިފާން، 15:50ހާއިރު ނިއްވާލެވިފައިވާ ކަމަށެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.
ލ. ގަމު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި، އެ ޢިމާރާތުގެ ގާތްގަނޑަކަށް 80 އިންސައްތައިގައި ހުޅު ހިފާފައި ހުރި ކަމަށް، އެ ރަށުގައި ހުންނަ ފެނަކަ އޮފީހުން މަޢުލޫމާތު ދިނެވެ. ފެނަކައިން އިތުރަށް ބުނީ، އަލިފާން ރޯވީ އިންޖީނު ރޫމުގައި ކަމަށާއި، އިންޖީނުގޭގައި ހުރި 5 އިންޖީނުގެ ތެރެއިން 2 އިންޖީނެއް، ބޭނުން ނުކުރެވޭ މިންވަރަށް އަނދައި ހަލާކުވެފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ދެންމެ ޢާންމުކުރި މެސެޖުގައި ވާ ގޮތުން، ބޭނުންނުކުރެވޭ މިންވަރަށް ގެއްލުން ލިބިފައިވަނީ އެންމެ އިންޖީނަކަށެވެ.
ޤައުމީ ދިފާޢީ ބާރުގެ ފަޔަރ އެންޑް ރެސްކިޔުގެ މަސައްކަތުން އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު، މި މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.