ޚަބަރު
ނުކުޅެދުންދުތެރިކަން ހުންނަ މީހުންނަށް އެހީތެރިކަން ދިނުމަކީ ކޮންމެ ފަރުދެއްގެ، ފަޚުރަކަށް ހަދަންޖެހޭކަމެއް: މެޑަމް ސާޖިދާ
އެޗްޑީސީ އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުން.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ދިނުމަކީ ކޮންމެ ފަރުދެއްގެ ފަޚުރަކަށް ހަދަންޖެހޭ ކަމެއް ކަމަށ ރާއްޖޭގެ ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުޙައްމަދު، ވިދާޅުވެއްޖެއެވެ.
އެކަމަނާ މިކަން ހާމަކުރެއްވީ، މި ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
On this International Day of Persons with Disabilities we celebrate the strength, achievements, and potential of all persons with disabilities.
— First Lady Sajidha Mohamed (@sajidhaamohamed) December 3, 2025
The Maldives is working towards a society that supports and empowers persons with disabilities by giving equal opportunity to lead a… pic.twitter.com/O6fAshXdj5
މެޑަމް ސާޖިދާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިތްވަރާއި، އެފަރާތްތަކުން ހޯދާފައިވާ ކާމިޔާބީތަކާއި، އަދި އެފަރާތްތަކުގެ ޤާބިލުކަން މި ބައިނަލްއަޤްވާމީ ދުވަހުގައި ފާހަގަކުރައްވާ ކަމަށެވެ. އަދި، އެފަދަ ފަރާތްތަކަށް ދިރިއުޅުމުގެ ހުރިހާ ދާއިރާއަކުން ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، އެބައިމީހުން ބާރުވެރިކުރުވުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ކަމަށާއި، އެފަރާތްތަކަށް ޢިއްޒަތްތެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރާކަން ފާހަގަކުރެއްވިއެވެ.
ފަސްޓް ލޭޑީގެ ޕޯސްޓުގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވެ، އެފަރާތްތަކުގެ ދިރިއުޅުމަށް ހުރަސްއަޅާ ކަންތައްތައް ނައްތާލުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ. އަދި، އެއީ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. މިއީ، އެފަދަ ފަރާތްތަކަށް މުޖުތަމަޢުގެ ތެރެއިން ލިބެންޖެހޭ ތާއީދާއި އަޅާލުން އިތުރުކުރުމަށް ދެއްވި ބާރެކެވެ.