Ads by Stelco

ޚަބަރު

އެމްއެންޑީއެފާއި އިންޑިއަން އަރމީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް މިލިޓަރީ އެކްސަސައިޒެއް ޓްރިވެންޑްރަމްގައި ފަށައިފި

އެމްއެންޑީއެފާއި އިންޑިއަން އަރމީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް މިލިޓަރީ އެކްސަސައިޒެއް ޓްރިވެންޑްރަމްގައި ފަށައިފި

އެކްސަސައިޒްގެ ތެރެއިން/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ޑިސެމްބަރު 2025، 07:10

03 ޑިސެމްބަރު 2025، 07:10

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފާއި އިންޑިއަން އަރމީ ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް މިލިޓަރީ އެކްސަސައިޒެއް ޓްރިވެންޑްރަމްގައި ފަށައިފިއެވެ.

މިއީ، ދެ ޤައުމުގެ މިލިޓަރީން ކުރިއަށްގެންދާ ޖޮއިންޓް މިލިޓަރީ އެކްސަސައިޒް، "އެކްސަސައިޒް އެކުވެރިން" ގެ 14 ވަނަ އެޑިޝަންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިއީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އިންޑިއާ އަދި ދިވެހިރާއްޖޭގެ ތެރެއިން ފަހަރަކު ޤައުމެއްގައި ބާއްވަމުން ގެންދާ އެކްސަސައިޒެއް ކަމަށެވެ. ހަމަ އެހެންމެ، "އެކްސަސައިޒް އެކުވެރިން" ގެ މި އަހަރުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން 16 ވަމަ ދުވަހުގެ ނިޔަލަށް، 14 ދުވަހުގެ މުއްދަތަކަށްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މި އެކްސަސައިޒްގައި އެމްއެންޑީއެފް މެރިން ކޯރގެ 45 މެރީންސް ވަނީ ބައިވެރިވެފައެވެ.

މި އެކްސަސައިޒްގައި އެމްއެންޑީއެފް ކޮންޓިންޖެންޓްގެ ކޮމާންޑަރަކީ، އެމްއެންޑީއެފް މެރިން ކޯރ ހެޑްކުއޯޓަރޒްގެ އޮޕަރޭޝަންސް އަދި ޓްރެއިނިންގ އެންޑް އެޑިޔުކޭޝަން ޑައިރެކްޓަރ މޭޖަރ ޢަބްދުލް ހަސީބް އިބްރާހީމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން