Ads by Stelco

ޚަބަރު

މިރޭ ލ. ގަމުގެ ބޮޑުބަޔަކަށް ކަރަންޓު ދިނުމަށް ދަނީ މަސައްކަތް ކުރެވެމުން: ފެނަކަ

މިރޭ ލ. ގަމުގެ ބޮޑުބަޔަކަށް ކަރަންޓު ދިނުމަށް ދަނީ މަސައްކަތް ކުރެވެމުން: ފެނަކަ

ލ. ގަމު އިންޖީނުގޭގައި ހިނގި ހާދިސާގައި ދެ އިންޖީނެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވޭ / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

03 ޑިސެމްބަރު 2025، 09:02

03 ޑިސެމްބަރު 2025، 09:02

ލ. ގަމު އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑިފައިވާތީ، އެކަން ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިރޭ ރަށުގެ ބޮޑު ސަރަޙައްދަކަށް ކަރަންޓު ދެވޭނެކަމަށް ލަފާކުރެވޭކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ.

މި ހާދިސާގައި ލ. ގަމުގެ އިންޖީނުގޭގައި ހުންނަ ދެ އިމާރާތުގެ ތެރެއިން، އެއް އިމާރާތުގައި ވަރަށް ބޮޑަށް ވަނި އަލިފާން ރޯވެފައެވެ. އެގޮތުން އެނެކްސް އެކެއްގައި އަލުފާން ރޯވިއިރު، އެނެކްސް ދޭކަށް އަލިފާނުގެ އަސަރުކޮށްފައި ނުވާކަމަށް ފެނަކައިން ހާމަކުރެއެވެ. 

އަދި ވިޝުއަލް އިންސްޕެކްޝަންއިން ފާހަގަވެފައި ވަނީ އެ ރަށުގައި ހުންނަ 5 އިންޖީނުގެ ތެރެއިން އެއް އިންޖީނަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެފައިވާ ގޮތުގައި، ކަރަންޓުގެ ޚިދުމަތް އަނބުރާ ދިނުމަށްޓަކައި ލ. އަތޮޅުގައި މަސައްކަތްކުރާ ފެނަކައިގެ ޓީމަކާއި އެމްއެންޑީއެފްގެ ޓެކްނިކަލް ޓީމަކުން ދަނީ މަސައްކަތް ކުރަމުންނެވެ. 

އެގޮތުން މިހާރު ފެނުގެ ޚިދުމަތް ދީފައިވާއިރު، ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށްޓަކައި އެ ކަމަށް ޚާއްޞަ ޓީމުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. 

ގަމުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 2:50 ހާއިރުއެވެ. އަދި 3:50 ހާއިރު ވަނީ އަލިފާން ނިއްވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން