Ads by Stelco

ޚަބަރު

މައްސަލަ ޙައްލުކޮށް ގަމުގެ ހުރިހާ ސަރަޙައްދަކަށް ރޭ ވަނީ ކަރަންޓު ދީފައި

މައްސަލަ ޙައްލުކޮށް ގަމުގެ ހުރިހާ ސަރަޙައްދަކަށް ރޭ ވަނީ ކަރަންޓު ދީފައި

ލ. ގަމު އިންޖީނުގޭގެ އެތެރެ / ފޮޓޯ: ފެނަކަ

farudhun logo

ފަރުދުން

04 ޑިސެމްބަރު 2025، 06:59

04 ޑިސެމްބަރު 2025، 06:59

ލ. ގަމު އިންޖީނުގޭގައި ބުދަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑިގެން ދިއުމުން، އެކަން ޙައްލުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ބުދަ ދުވަހުގެރޭ ރަށުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ.

މި ހާދިސާގައި ލ. ގަމުގެ އިންޖީނުގޭގައި ހުންނަ ދެ އިމާރާތުގެ ތެރެއިން، އެއް އިމާރާތުގައި ވަރަށް ބޮޑަށް ވަނި އަލިފާން ރޯވެފައެވެ. އެގޮތުން އެނެކްސް އެކެއްގައި އަލުފާން ރޯވިއިރު، އެނެކްސް ދޭކަށް އަލިފާނުގެ އަސަރުކޮށްފައި ނުވާކަމަށް ފެނަކައިން ހާމަކުރެއެވެ.

އަދި އެ ރަށުގައި ހުންނަ 5 އިންޖީނުގެ ތެރެއިން އެއް އިންޖީނަށް ބޮޑު ގެއްލުންތަކެއް ލިބިފައިވާކަމަށް ވިޝުއަލް އިންސްޕެކްޝަންއިން ފާހަގަވެފައިވާކަމަށް ވެސް ފެނަކައިން ހާމަކުރެއެވެ.

އެ ރަށަށް ދިމާވި ކަރަންޓުގެ މައްސަލަ ޙައްލުކޮށްފައި ވަނީ ލ. އަތޮޅުގައި މަސައްކަތްކުރާ ފެނަކައިގެ ޓީމަކާއި އެމްއެންޑީއެފްގެ ޓެކްނިކަލް ޓީމަކުންކުރި ބުރަ މަސައްކަތްތަކަކަށްފަހުއެވެ.

ގަމުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހުގެ މެންދުރުފަހު 2:50 ހާއިރުއެވެ. އަދި އޭގެ ގަޑިއެއްހާއިރު ފަހުން، 3:50 ހާއިރު ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން