Ads by Stelco

ޚަބަރު

ހެލްތް ސެޓްފިކެޓާ ނުލައި ރާއްޖެއަށް ކާބޯތަކެތި އެތެރެކުރަން ހުއްދަދިން ދެ މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަނީ

ހެލްތް ސެޓްފިކެޓާ ނުލައި ރާއްޖެއަށް ކާބޯތަކެތި އެތެރެކުރަން ހުއްދަދިން ދެ މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަނީ

އެމްޕީއެލް މުދާ ކްލިއަރ ކުރާ ސަރަހައްދު: ފޮޓޯ- އެމްޕީއެލް

farudhun logo

ފަރުދުން

04 ޑިސެމްބަރު 2025، 10:32

04 ޑިސެމްބަރު 2025، 10:32

ހެލްތު ސެޓްފިކެޓާ ނުލައި ކާބޯތަކެތީގެ ޝިޕްމަންޓަށް ކްލިއަރެންސް ދިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ދެ މުވައްޒަފަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ފޮނުވައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި ޕޯޓް ކްލިއަރަންސްގައި މަސައްކަތްކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފީލްޑް އޮފިސަރުންތަކެއް، ދިވެހިރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް ބޭނުންވާ ހެލްތް ސެޓްފިކެޓާ ނުލައި، ކަނޑުމަގުންނާއި، ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ޝިޕްމަންޓްތަކެއް އެތެރެކުރުމަށް ކްލިއަރެންސް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. 

މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ، ދަފްތަރު ރސ 9244، އަޙްމަދު ހާޝިމް އާއި ގދ. ތިނަދޫ، ޢަރަފާތު، އަޙްމަދު ޒާހިިރުގެ މައްޗަށެވެ. މި ދެމީހުންގެ މައްޗަށް ކުރާ ދަޢުވާއަކީ، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ޢަމަލެއް ހިންގުމުގެ ކުށުގެ 03 ދަޢުވާއެވެ. މި ދައުވާތަކުގެ އަދަބަކީ ކޮންމެ ދަޢުވާއަކަށް 4 މަހާއި 24 ދުވަހެވެ. އެހެންކަމުން 3 ދައުވާވެސް ސާބިތުވެއްޖެނަމަ ކޮންމެ މީހަކަށް އެއް އަހަރާއި ދެމަހާއި 12 ދުވަހުގެ ހުކުމެއް އަންނާނެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، ދަޢުވާލިބޭ މީހުންގެ ފަރާތުން އެ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ވުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި ކުށަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށްވެފައި، ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތަކާ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާތީ، ޢާންމު މަސްލަޙަތު ވަޒަން ކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހެދުމަށް ޕީޖީން ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން