Ads by Stelco

ޚަބަރު

ލ. ގަން ބަނދަރުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ލ. ގަން ބަނދަރުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 ޑިސެމްބަރު 2025، 12:06

04 ޑިސެމްބަރު 2025، 12:06

ލ. ގަން ބަނދަރުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ނިންމާލައިފި އެވެ.

އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢޫގެ ދަށުން މިހާރު ކުރިއަށްދަނީ ގްރޯއިން ޕްރޮފައިލިން އާއި ބެކްފިލިންގެ ބައެއް މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، 2،501 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ލ. ގަން ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ، 33.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ދައުލަތުން  އެމްޓީސީސީ އާ ހަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން