Ads by Stelco

ޚަބަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޢާންމުންނަށް ހުޅުވާލައިގެން މީޑިއާ މައުރަޒެއް ބާއްވަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޢާންމުންނަށް ހުޅުވާލައިގެން މީޑިއާ މައުރަޒެއް ބާއްވަނީ

މީޑިއާ މައުރަޒަށް ވަޒީރަށް ދަޢުވަތު އެރުވުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 ޑިސެމްބަރު 2025، 12:44

04 ޑިސެމްބަރު 2025، 12:44

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޢާންމުންނަށް ހުޅުވާލައިގެން މީޑިއާ މައުރަޒެއް ބޭއްވުމަށް ނިންމަވާފައިވަކަމަށް އެ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، މީޑީއާތަކާއި ޢާންމުންނަށް ހުޅުވާލައިގެން ބާއްވާ މީޑިއާ މަރުކަޒު މި މަހުގެ 5 އަދި 6 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އެޒާރާގެ ހުރިހާ ސެކްޝަންތަކަކާއި ގުޅިގެން ބާއްވާ މީޑިއާ މައުރަޒަކީ އެވުޒާރާއިން ޙާޞިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިއްމު މަސައްކަތްތަކާއި، އެވުޒާރާގެ ވަކި ވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި ޢާންމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެއް ކަމަށެވެ.

މީގެ އިތުރުން، މި މައުރަޒުގައި ވަކި ވަކި ސެކްޝަންތަކުގެ ވެރިންނާއި ބައްދަލުކޮށް ސެކްޝަންތަކާއި ގުޅޭ މަސައްކަތްތަކާއި ބެހޭ ސުވާލުތައްކުރުމާއި މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން  2024 ވަނަ އަހަރު ބޭއްވި މީޑިއާ މައުރަޒަށްވެސް ގިނަ ޢަދަދެއްގެ ނޫސްވެރިންނާއި ޢާންމުން ވަނީ ޒިޔާރަތްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން