Ads by Stelco

ޚަބަރު

ހިޔާ ފުލެޓުތަކުގެ އެއްބަސްވުމަށް ގެނެވުނު އިޞްލާޙުތަކާއި އެކު އަގަށް ވެސް ބަދަލުތަކެއް!

ހިޔާ ފުލެޓުތަކުގެ އެއްބަސްވުމަށް ގެނެވުނު އިޞްލާޙުތަކާއި އެކު އަގަށް ވެސް ބަދަލުތަކެއް!

ފްލެޓްތަކެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 ޑިސެމްބަރު 2025، 02:27

04 ޑިސެމްބަރު 2025، 02:27

ހިޔާ ފުލެޓުތަކުގެ އެއްބަސްވުމަށް ގެނެވުނު އިޞްލާޙުތަކާއި އެކު އަގަށް ވެސް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބަދަލުތަކެއް ގެނެސްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ، ސަރުކާރުން ހިޔާ ފުލެޓުތަކުގެ ކުއްޔަށް ދެއްވާފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް، ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގެ އިޞްލާޙު އަދި ފުލެޓުތަކުގެ އަގަށް އައިސްފައިވާ ބަދަލު މިހާރު "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ ކަމަށެވެ. އަދި މިއީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ދެއްވި ލުއިތައް ރަސްމީކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއްކަން އެޗްޑީސީން ފާހަގަކުރެއްވިއެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަން ފާހަގަކުރައްވާ އެޗްޑީސީން ވިދާޅުވީ، މިކަމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވަޢުދުފުޅު ފުއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ހިމެނޭ މުހިންމު އެއް މަސައްކަތް ކަމަށެވެ. އެގޮތުން، ހިޔާ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާ ފަރާތްތަކަށް މިހާރު "މައި ހުޅުމާލެ ޕޯޓަލް" ލިންކު ބޭނުންކުރައްވައިގެން، އެއްބަސްވުމުގެ އިޞްލާޙުތަކާއި އަގަށް އައިސްފައިވާ ބަދަލުތައް ބަލާލެވެނޭކަމަށް އެޗްޑީސީން ވިދާޅުވިއެވެ. 

މީގެ އިތުރުން، މި ލިންކު މެދުވެރިކޮށް، އަލަށް އައިސްފައިވާ އިޞްލާޙުތަކާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ ފުރުޞަތު ވެސް މިހާރު ހުޅުވިފައިވާކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ފުލެޓުތަކުގެ ވެރިފަރާތްކަމުގެ ލިޔެކިޔުންތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މި ބަދަލުތަކުގެ ސަބަބުން، ފުލެޓު ލިބިފައިވާ ގިނަ ފަރާތްތަކަށް މާލީ ގޮތުން ލުއިތަކެއް ލިބިގެންދާނެކަން އެޗްޑީސީން ފާހަގަކުރެއްވިއެވެ. 

ސަރުކާރުގެ މިފަދަ ކަންކަމުގައި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ބޯހިޔާވަހިކަމާއި ގުޅުން ހުރި މައްސަލަތަކަށް ޙައްލު ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން