ދުނިޔެ

ޔަމަން ސިފައިންނާއި އެޤައުމުގެ ދައުލަތާއި ވަކިވެގަތުމަށް މަސައްކަތްކުރާ ދެކުނުގައި ފަރާތްތަކާ ދެމެދު ކުރިމަތިލުމެއް ހިނގައިފި

ޔަމަން ސިފައިންނާއި އެޤައުމުގެ ދައުލަތާއި ވަކިވެގަތުމަށް މަސައްކަތްކުރާ  ދެކުނުގައި ފަރާތްތަކާ ދެމެދު ކުރިމަތިލުމެއް ހިނގައިފި

ޔަމަނުގެ މަގުމަތީގައި ސިފައިން ހަރަކާތްތެރިވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޑިސެމްބަރު 2025، 02:28

04 ޑިސެމްބަރު 2025، 02:28

ޔަމަންގެ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ސަރުކާރަށް ވަފާތެރި ސިފައިންނާއި، ދެކުނުގެ ވަކިވެގަތުމަށް މަސައްކަތްކުރާ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) ގެ ފައުޖުތަކާ ދެމެދު، ތެލުގެ މުއްސަނދިކަން ބޮޑު ހަޟްރަމައުތު ގަވަރުނަރޭޓްގައި ކުރިމަތިލުން ތަކެއް ހިނގައިފިއެވެ.

މި ހަނގުރާމަ ހިނގާފައިވަނީ އެސްޓީސީން ސްޓްރެޓީޖިކް ގޮތުން މުހިންމު އަލް-ޣުރާފް ސަރަހައްދަށް ވަނުމަށް މަސައްކަތް ކުރުމުގެ ތެރޭގައެވެ.

ލޯކަލް އެކްޓިވިސްޓުން ޝާއިޢުކޮށްފައިވާ ވީޑިއޯތަކުން ދައްކާ ގޮތުގައި، ބުދަ ދުވަހު ދެކުނު ޔަމަންގެ ސެއިޔޫން ސިޓީގައި ހުންނަ ރިޔާސީ ގަނޑުވަރަށް އެސްޓީސީގެ ފައުޖުތައް ވަދެފައިވަނީ ޔަމަން ސިފައިންނާ ދެމެދު ހިނގި ހަނގުރާމައަކަށް ފަހުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެސްޓީސީގެ ފައުޖުތައް ފުރަތަމަ ތިބީ ސެއިޔޫން ޕްލެޓޯގެ ޖާތުމާ ސަރަހައްދުގައެވެ. އެއަށްފަހު އެމީހުން ވަނީ ސިޓީގެ މެދުގައި ހުންނަ ޔަމަން ސިފައިންގެ މައި މަރުކަޒަށް ބޮމުގެ ހަމަލާ ދީފައެވެ.

ލޯކަލް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ހަޟްރަމައުތު ވާދީގައި ބުދަ ދުވަހުގެ ހެނދުނު ފެށިގެން ބޮޑު ދާއިރާއެއްގައި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްދިޔައެވެ. މި އޮޕަރޭޝަންތަކުގައި ބާރުގަދަ އާޓިލަރީ ހަމަލާތައް ބަދަލުކޮށްފައިވެއެވެ. އެސްޓީސީން ވަނީ މީގެ ކުރިންވެސް ޔަމަންގެ ދެކުނުގެ ސަރަހައްދު ވަކިކުރުމަށް ގޮވާލާފައެވެ. މި ގްރޫޕުން މިހާރުވެސް ދެކުނުގެ ބައެއް ސަރަހައްދުތައް ކޮންޓްރޯލް ކުރެއެވެ. އޭގެ ތެރޭގައި އަދަން ވެސް ހިމެނެއެވެ.

އެސްޓީސީން ބުދަ ދުވަހު ބުނެފައިވަނީ، އެމީހުންގެ “ޕްރޮމައިސިންގ ފިއުޗަރ” އޮޕަރޭޝަނަކީ، “ވާދީއަށް ހަމަޖެހުން ގެނައުމަށާއި، ސަލާމަތީ ހާލަތު ގޯސްވުން ނިމުމަކަށް ގެނައުމަށް، އަދި ހަޟްރަމައުތު ވާދީއާއި ގަވަރުނަރޭޓަށް ނިސްބަތްނުވާ ބާރުތަކުން ސަރަހައްދު ބޭނުންކުރުން ހުއްޓުވުމަށް، ފާއިތުވި އަހަރުތަކުގައި ހުށަހެޅުނު ހުރިހާ ގޮތްތަކެއް ހުސްވުމަށް ފަހު ފެށި އޮޕަރޭޝަނެއް” ކަމަށެވެ.

ހަޟްރަމައުތުގައި ހިނގާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދަކުން މަޝްވަރާކުރަމުން ދިޔައެވެ. އަދި ރިޕޯޓުތައް ބުނާ ގޮތުގައި، އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުމަކަށް އާދެވިފައިވެއެވެ. ޔަމަންގައި ވަނީ އެތައް އަހަރެއް ވަންދެން ހަނގުރާމައާއި ބޭރުގެ ނުފޫޒު ފޯރުވުން ކުރިމަތިވެފައެވެ.

އީރާނާ ގުޅުންހުރި ހޫޘީންގެ ގްރޫޕުން ޔަމަންގެ އާބާދީ ބޮޑު ހުޅަނގު އުތުރުގެ ބޮޑު ބައެއް ކޮންޓްރޯލްކުރެއެވެ. އޭގެ ތެރޭގައި ވެރިކަންކުރާ ސިޓީ ސަނާ ވެސް ހިމެނެއެވެ. ހޫޘީންގެ ހަނގުރާމަ ޔަމަން ސަރުކާރާއި އެހެން ގްރޫޕްތަކާ ދެމެދު މުޅިން ހުއްޓިފައި ނެތް ނަމަވެސް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިޒްރޭލުން ޣައްޒާގައި ފެށި ނަސްލު ނައްތާލުމުގެ ހަނގުރާމައަށް ފަހު، އިޒްރޭލަށާއި ރަތް ކަނޑުގެ އުޅަނދުފަހަރަށް ހަމަލާ ދިނުމުގެ ސަބަބުން މި ހަނގުރާމަ ބައިނަލްއަޤްވާމީ ސަމާލުކަމަށް އައިސްފައިވެއެވެ. ހޫޘީންގެ ހަމަލާތަކާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ވަނީ ސަނާގައި ހަމަލާ ދީ، އެތައް ބަޔަކު މަރާލާފައެވެ. ހޫޘީންނަށް ސަނާގައި އެމީހުންގެ އަމިއްލަ ސަރުކާރެއް ވެސް އޮވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން