ދުނިޔެ

ރަފާ ބޯޑަރު ހުޅުވާނީ ހަމައެކަނި ބޭރުވާ ފަރާތްތަކަށް ކަމަށް އިޒްރޭލުން ބުނެފި

ރަފާ ބޯޑަރު ހުޅުވާނީ ހަމައެކަނި ބޭރުވާ ފަރާތްތަކަށް ކަމަށް އިޒްރޭލުން ބުނެފި

ޣައްްޒާއާއި މިޞްރު ގުޅުވައިދޭ ބޯޑަރު ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޑިސެމްބަރު 2025، 03:03

04 ޑިސެމްބަރު 2025، 03:03

ކުރިއަށް އޮތް ދުވަސްތަކުގައި ރަފާ ބޯޑަރު ހުޅުވާނެ ކަމަށާއި، ނަމަވެސް ބޯޑަރު ހުޅުވާނީ ހަމައެކަނި ޣައްޒާއިން ބޭރުވާ މީހުންނަށް އެކަނި ކަމަށް އިޒްރާއިލުން ބުނެފިއެވެ.

އިޒްރޭލުގެ ކޯޑިނޭޝަން އޮފް ގަވަރމެންޓް އެކްޓިވިޓީސް އިން ދަ ޓެރިޓޯރީސް  އިން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ހަރަކާތްތައް ކުރިއަށް ގެންދާނީ "އިޒްރޭލުގެ ސަލާމަތީ ހުއްދައަށް ފަހު އަދި ޔޫރަޕިއަން ޔޫނިއަންގެ މިޝަންގެ ބެލެމުގެ ދަށުން" ކަމަށެވެ.  އިން ވަނީ މި އިންތިޒާމަކީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭނުންކުރި މެކޭނިޒަމާ އެއްގޮތް ކަމެއް ކަމަށް ސިފަކޮށްފައެވެ.

ނަމަވެސް މިޞްރުން ވަނީ މި ދަޢުވާ ވަގުތުން ދޮގުކޮށްފައެވެ. އެ ޤައުމުގެ ސްޓޭޓް އިންފޮމޭޝަން ސަރވިސް އިން ބުނެފައި ވަނީ ބޯޑަރު ހުޅުވުމާ ގުޅޭގޮތުން އިޒްރޭލާ އެއްވެސް ކޯޑިނޭޝަނެއް ނެތް ކަމަށެވެ. މިޞްރުގެ މީޑިއާއަށް ރަސްމީ މަސްދަރަކުން މައުލޫމާތު ދެމުން ބުނެފައި ވަނީ "އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ހަރަކާތްތައް ކުރިއަށް ދާންވާނީ ދެކޮޅަށް، ޣައްޒާއަށް ވަނުމާއި ނިކުތުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭނުގައި ބަޔާންކޮށްފައިވާ ގޮތަށް" ކަމަށެވެ. ޓްރަމްޕްގެ 20 ނުކުތާގެ ޕްލޭނުގައި ބުނެފައި ވަނީ ރަފާ ހުޅުވަން ޖެހޭނީ އެއްކޮޅަށް ނޫން ކަމަށާއި ދެކޮޅަށް ކަމަށެވެ.

މިޞްރުން މިކަން ދޮގުކޮށްފައި ވަނީ އިޒްރޭލުގެ މީޑިއާގައި ތައްޔާރީތައް ވަމުންދާ ކަމަށް ދަޢުވާކުރި ފަހުންނެވެ. ހާރެޓްޒް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ރާވާފައި ވަނީ އާންމުންނަށް ޣައްޒާއިން މިޞްރަށް ނިކުތުމުގެ ފުރުސަތު ދިނުމަށް ބޯޑަރު އަލުން ހުޅުވުމަށެވެ. އެ ރިޕޯޓްގައި ބުނެފައި ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިކަމާ ދެކޮޅު ހެދުމުގެ ސަބަބުން މިކަން ލަސްވެފައިވާ ކަމަށާއި، ހަމާސްއިން އިޒްރޭލުގެ ސިފައިންގެ ހައްޔަރުގައި ތިބި މީހުންގެ ހަށިތައް އަނބުރާ ހަވާލުކުރުމަށް އެއްބާރުލުން ނުދޭ ކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ.

ފަލަސްތީނުގެ ފެކްޝަންތަކުން ވެސް ބުދަ ދުވަހު ބަޔާނެއް ނެރެފައި ވެއެވެ. އެ ބަޔާނުގައި އެ ފަރާތްތަކުން ވަނީ ޓްރަމްޕްގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިޒްރޭލަށް އޮތް ވާޖިބުތައް އަދާކުރުމަށް މަޖުބޫރުކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. މި ގްރޫޕްތަކުން ވަނީ މެދުވެރިންނާއި ގެރެންޓީ ދޭ ފަރާތްތަކަށް ޝަރްމް އެލް-ޝެއިޚް އެއްބަސްވުމާއި އ.ދ. ސަލާމަތީ މަޖިލީހުގެ ގަރާރު 2803 ގައި ބަޔާންކޮށްފައިވާ ގޮތަށް ރަފާހު ދެކޮޅަށް ހުޅުވުން ކަށަވަރުކުރުމަށް ގޮވާލައިފައިވެއެވެ.

މި ފެކްޝަންތަކުން ވަނީ އިޒްރޭލުން ރަފާ ހަމައެކަނި އެއްކޮޅަށް ނިކުތުމަށް ހަނިކުރުމަށް މަސައްކަތްކުރާ ކަމަށާއި، އެއީ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ބުނެ އިންޒާރު ދީފައެވެ. އެ ފަރާތްތަކުން ވަނީ އިޒްރޭލުގެ މަސައްކަތްތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ޕްރެޝަރު ކުރުމަށް ގޮވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން