ޚަބަރު
އައްޑޫ ސިޓީ މަރަދޫ ހުޅަނގުން 28 މޭލު ބޭރުގައި ދޮށީ ކަނދުފަތި ޤާއިމްކޮށްފި
ދޮށީ ކަނދުފަތި ޤާއިމްކުރި ސަރަޙައްދު/ފޮޓޯ: ވުޒާރާ
އައްޑޫ ސިޓީ މަރަދޫ ހުޅަނގުން 28 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި ވަދު ކަނދުފަތީގެ ނަންބަރަކީ R08D03 އެވެ. އަދި މި ކަނދުފަތި ޤާއިމުކޮށްފައިވާ ލޮކޭޝަނަކީ:
'N 0° 41.100
'E 72° 42.400
މިއެވެ.
ދޮށީ ކަނދުފަތި ނަންބަރު: R08D03
— Ministry of Fisheries and Ocean Resources (@MFORmv) December 3, 2025
03 ޑިސެމްބަރ 2025 ވަނަ ދުވަހު ދޮށީ ކަނދުފަތި، ސ.މަރަދޫ ހުޅަނގުން 28 މޭލު ބޭރުގައި ޤާއިމްކޮށްފި. pic.twitter.com/dwFPjehKBH
މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ، އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރުވާ ފުޅާކުރުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ކަނޑުގެ އެކި ހިސާބުތަކުގައި ކަނދުފަތި ޤާއިމުކުރުމަކީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ދޮށީ ކަނދުފަައްޗާއި، ވަދު ކަނދުފަތި ޤާއިމުކުރުމާއި، ވިއުގާ ބެލެހެއްޓުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.
ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް އެ މުޒާރާއިން ވަނީ ފަށާފައެވެ.