Ads by Stelco

ޚަބަރު

އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

އައްޑޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ފަރާތްތައް---

farudhun logo

ފަރުދުން

05 ޑިސެމްބަރު 2025، 05:55

05 ޑިސެމްބަރު 2025، 05:55

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު"ގެ ތެރެއިން މި މަހުގެ 3ވަނަ ދުވަހު ހައްޔަރު ކުރެވުނު މި 5 މީހުންނަކީ، މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތަކެއް ކަމަށް ފުލުހުން ހާމަކުރެއެވެ. 

އައްޑޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ފަރާތްތައް:

ސ.ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ)

ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ)

ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ)

ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ)

ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ)

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހުން ހިމެނޭ ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފުލުހުން  ވަނީ މި އަހަރުގެ މާރޗު މަހު ފަށާފައެވެ. އަދި މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ފުލުހުންނަށް ހޯދިފައިވާކަމަށާއި، ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާކަމަށް ވެސް ހާމަކޮށްފައިވެއެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އަދި ޙަސަން އަލްފާފް އާއި އަމީން މުޙައްމަދަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. 

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން