Ads by Stelco

ޚަބަރު

ޗައިނާގެ ކުންފުންޏަކަށް ހުޅުމާލޭގެ 6 މަގެއް ތަރައްޤީކުރުމަށް ހަވާލުކޮށްފި

ޗައިނާގެ ކުންފުންޏަކަށް ހުޅުމާލޭގެ 6 މަގެއް ތަރައްޤީކުރުމަށް ހަވާލުކޮށްފި

މަގުތައް ތަރައްްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ޑިސެމްބަރު 2025، 03:00

05 ޑިސެމްބަރު 2025، 03:00

 ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ ސްކޯޕްގައި ޖުމްލަ 6 މަގެއް ތަރައްޤީކުރުން ހިމެނެއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހުގެ 3ވަނަ ދުވަހުއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާއެވެ. މި އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރުއެވެ. އަދި ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒޫ ވީޑޮންއެވެ.

ޗައިނާ ކުންފުންޏާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލެ ފޭސް 1 ގައި މިހާރު ތާރުނާޅާ ނުނިމި ހުރި 5 މަގެއް ތަރައްޤީކުރުމުގެ މަސައްކަތާއި، ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ތަރައްޤީކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދުގައި ތާރު އަޅައިގެން ތަރައްޤީކުރާނެއެވެ. މީގެ އިތުރުން، ހުޅުމާލޭގައި މީގެކުރިން ހަދާފައިވާ މަގުތަކުގެ ތެރެއިން، ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާނެއެވެ. އެގޮތުން ހުޅުމާލޭގެ ފިތުރޯނު މަގު އަދި އެހެން ބައެއް މަގުތައް މަރާމާތުކުރާނެއެވެ.

މި މަޝްރޫޢުގެ ދަށުން ފޭސް 1 ގައި މިހާރު ތާރު އަޅާފައި ނެތް ހުރިހާ މަގެއް ތަރައްޤީކުރާނެއެވެ. ފޭސް 1 އަދި 2ގެ މަގުތައް ހެދުމުގެ މި މަޝްރޫޢުގެ މަސައްކަތް 6 މަސް ދުވަހުގެތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

އެޗްޑީސީން ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ޙާލަތު ރަނގަޅުވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން