ޚަބަރު
މުހަންމާއަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެނީ
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު، މުޙައްމަދު ޢަބްދުﷲ (މުހައްމާ)---
ފަރުދުން
05 ޑިސެމްބަރު 2025، 02:54
05 ޑިސެމްބަރު 2025، 02:54
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު، މުޙައްމަދު ޢަބްދުﷲ (މުހައްމާ) އަށް ހާޓް އެޓޭކެއް ޖެހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާ ދޭން ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމާއާށް ހާޓް އެޓޭކު ޖެހުނީ ބުރާސްފަތި ދުވަހުގެ މެންދަމުން އަލިވިފަހުން، 2:45 އާއި 3:00އާ ދޭތެރޭގެ ވަގުތެއްގައެވެ. އަދި އޭނާ ފަރުވާއަށް އައިޖީއެމްއެޗްއަށް ގެންދެވިފައި ވަނީ ހެނދުނު 7:15 ހާއިރެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި، މުނިފޫހިފިލުވުމުގެ ދާއިރާގައި ވެސް ކުރިން ހަރަކާތްތެރިވެފައިވާ މުހައްމާގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރެއްވުމަށްފަހު މުހައްމާ ސިޔާސީ ދާއިރާއަށް ނިކުންނެވީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ. އަދި މުހައްމާ ސިޔާސީ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއެކުއެވެ.