Ads by Stelco

ޚަބަރު

ފުލުހުންގެ މުއައްސަސާއަށް އިތުބާރު ހޯދުމަށް ވެރިކަމުގައި ރައީސް ޔާމީން މަސައްކަތެއް ނުކުރައްވާ: ވަޒީރު

ފުލުހުންގެ މުއައްސަސާއަށް އިތުބާރު ހޯދުމަށް ވެރިކަމުގައި ރައީސް ޔާމީން މަސައްކަތެއް ނުކުރައްވާ: ވަޒީރު

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން / ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 ޑިސެމްބަރު 2025، 03:49

05 ޑިސެމްބަރު 2025، 03:49

ފުލުހުންގެ މުއައްސަސާއަށް ދިވެހި ރައްޔިތުންގެ ފުރިހަމަ އިތުބާރު ހޯދުމަށް، ވެރިކަމުގައި ހުންނަވައިގެން ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް މަސައްކަތް ނުކުރައްވާކަމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު، އޮނަރަބަލް ޢަލީ އިޙްސާން ތުހުމަތު ކުރައްވައިފިއެވެ. 

ރައީސް ޔާމީން ބުރާސްފަތި ދުވަހުގެރޭ ދެއްކެވި ވާހަކަފުޅަކަށް އަލިއަޅުވާލައި "ސަން"ގައި ޝާއިޢުކޮށްފައިވާ ލިޔުމަކަށް އިޝާރާތް ކުރައްވަމުން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިޙްސާން ވިދާޅުވީ، ވެރިކަމުގައި ހުންނަވައިގެން އެކަށޭނަ މަސައްކަތްތަކެއް ކުރެއްވިނަމަ، މިއަދު އެ ވާހަކަ ދައްކަވަން ނުޖެހުނީސް ކަމަށެވެ.

5 އަހަރުގެ ވެރިކަމެއް ކުރައްވާފައި ވަޑައިގެން "ސިޓިން ރޫމްގަ ފްރަންޓް އޮފީސް" ހިންގަވަމުން ފުލުހުންގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި، އެ ވެރިކަމުގައ ރައީސް އޮފީސްގަ ހުންނަވައިގެން އެކަން ކުރެއްވިނަމަ މިއަދު އޮންނާނީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރައްވާ ފުލުހުންގެ މުއައްސަސާއެއް.  

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު، އޮނަރަބަލް ޢަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، މި ފަސް އަހަރު ނިމިގެންދާއިރު، ފުލުހުންގެ މުއައްސަސާ ވާނީ ރައްޔިތުންގެ އިތުބާރު ކުރައްވާ އަދި ރައީސް ޔާމީން ވެސް ފަޚުރުވެރިވެ ވަޑައިގަންނަވާ މުއައްސަސާއަކަށް ކަމަށެވެ. އެގޮތުން ފުލުހުންގެ ތެރޭގައި ޤައުމީ ޚިދުމަތުގެ ރޫޙު ހުރި، ވަޠަން ދެކެ ލޯބިވާ ފުލުހުން ތިއްބެވި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ފުލުހުންގެ މުއައްސަސާއަށް ފުރިހަމަ އިތުބާރު ހޯދޭނެ ކަމުގެ ޔަޤީންކަމާއެކުކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.



ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ބުރާސްފަތި ދުވަހުގެރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފުލުހުންނަކީ ނަޒާހަތްތެރި ބަޔަކަށް ހައްދަވައި އެ ޚިދުމަތަށް އާންމުން ކުރާ އިތުބާރު އަނބުރާ ހޯއްދެވުމަށް ވަޒީރު އިޙުސާން މަސައްކަތް ނުކުރައްވާނެ ކަމަށެވެ. 

ރައީސް ޔާމީން މި މަޢުޟޫގައި މިވާހަކަފުޅު ދައްކަވާފައި ވަނީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އެއްވެސް ރަހުމެއް ނުވަތަ އިސްތިސްނާއެއް ނޯންނާނެކަމާއި، މަސްތުވާތަކެތީގެ ވިޔަފާރިތަކުގެ ފަހަތުގައި ތިބޭ ބޮޑުންނަށް ވަކިން ޚާއްސަކޮށް އަމާޒުކޮށް އޮޕަރޭޝަންތައް ކުރިއަށް ގެންދަވާނެކަމަށް ލިޔުއްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓަކަށް އަލިއަޅުވާލައްވަމުންނެވެ. 

މި އޮޕަރޭޝަންތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް މިދިޔަ މަހުގެ 13ގައި 'އޮޕަރޭޝަން އަލިމަގު'ގެ ނަމުގައި ފުލުހުން ފެށި ޚާއްޞަ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގެ ތެރެއިން މި މަހުގެ 3ވަނަ ދުވަހު ވަނީ އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ 5 މީހަކު ހައްޔަރުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން