Ads by Stelco

ޚަބަރު

އޮޕަރޭޝަން އަލިމަގު: އައްޑޫ ސިޓީ އިން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފި

އޮޕަރޭޝަން އަލިމަގު: އައްޑޫ ސިޓީ އިން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 ޑިސެމްބަރު 2025، 11:21

06 ޑިސެމްބަރު 2025، 11:21

އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް 10 މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މިތަންތަނުން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް  ގެނެސްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އެގޮތުން، ސ. ހިތަދޫ / ގުލްކަނދުގެ، ޙަސަން ނަޒީފް (36އ) މިއަދު ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މަހުގެ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 5 މީހެއްގެ ވަނަވަރު ފުލުހުން ޢާންމުކޮށްފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން