Ads by Stelco

ޚަބަރު

މި ސަރުކާރުން ދީނީ ސިޔާސަތުތައް ތަންފީޒުކުރުމަށް ޚާއްޞަ އިސްކަމެއްދެއްވާ: އަބްދުއްރަޙީމް

މި ސަރުކާރުން ދީނީ ސިޔާސަތުތައް ތަންފީޒުކުރުމަށް ޚާއްޞަ އިސްކަމެއްދެއްވާ: އަބްދުއްރަޙީމް

އަބްދުއްރަޙީމް ވާހަކަފުޅު ދެއްކެވުން/ފޮޓޯ: މަޖިލިސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 ޑިސެމްބަރު 2025، 12:49

06 ޑިސެމްބަރު 2025، 12:49

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ދީނީ ސިޔާސަތުތައް ތަންފީޒުކުރުމަށް ޚާއްޞަ އިސްކަމެއްދެއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް މިފަދައިން ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމްކުރި މީޑިއާ މައުރަޒު 2025 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަޙީމް ވަނީ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތައް ޢާންމުންނަށް އަންގައިދިނުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި އިންތިޒާމްކޮށްފައިވާ "މީޑިއާ މައުރަޒު" އަކީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެ ވުޒާރާއިން ކޮށްފައިވާ ގިނަ ކަންތައްތަކެއް، އަދި ޙާޞިލްކޮށްފައިވާ ކާމިޔާބީތަކުގެ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ޢާންމުންނަށް ފޯރުކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްއްކަމަށް އަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ އޭގެ އަސްލުގައި ބިނާކުރުމަށްޓަކައި ރައީސް މުޢިއްޒު ކަނޑައަޅުއްވާފައިވާ އަސާސީ މައިގަނޑު ކަންތައްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ އިސްލާމް ދީނާއި ގުޅުންހުރި ދީނީ ސިޔާސަތުތައް ތަންފީޒުކުރުންކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، އަބްދުއްރަޙީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ދީނީ ކަންތައްތަކަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރިއަށްގެންދަވާތީ ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ.

އެއް ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އިނާމް ދެވޭ މުބާރާތަކީ ކީރިތި ޤުރުއާންނާއި ބެހޭ މުބާރާތްކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން އެއީ ހަމަ ގައިމުވެސް ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ރައްޔިތުން އުފާކުރަންޖެހޭކަމެއް. މީގެކުރީގައި މި މުބާރާތަކީ އެހާ އަގުބޮޑު އިނާމްތަކެއް ލިބޭ މުބާރާތެއް ނޫން. އެއަށްވުރެ މާ އާދައިގެ މުބާރާތްތަކަށް އެއަށްވުރެ މާ އަގުބޮޑު އިނާމްތައް ލިބިގެންދޭ.

އަބްދުއްރަޙީމް ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑީއާ މައުރަޒަކީ އެ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާ ގުޅިގެން ބާއްވާ، ވުޒާރާއިން ހާޞިލްކޮށްފައިވާ ކާމިޔާބީތަކާއި، ކުރި މުހިންމު މަސައްކަތްތަކާއި، ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ. މިއީ މިފަދަ މައުރަޒެއް މި ވުޒާރާއިން ބާއްވާ ދެވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން