ޚަބަރު
މެރިކަލްޗަރ ކޯސް ނިންމި 14 ފަރާތަކަށް ސެޓްފިކެޓް ދެއްވައިފި
މެރިކަލްޗަރ ކޯސް ނިންމި 14 ފަރާތާއި އެކު ވަޒީރު ފޮޓޯ: ވުޒާރާ
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް، މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ހިންގުނު ދެވަނަ ބޭސިކް މެރިކަލްޗަރ ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ ސަރުކާރުގެ ހަފުތާ 14 ގެ ހަރަކާތްތަކުގެ ތެރެއިންނެވެ.
މި ކޯހުގައި ބައިވެރިވި 14 ފަރާތަކަށް ސެޓްފިކެޓް ދެއްވާފައިވާއިރު، މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމުލަ 26 ފަރާތެއް ތަމްރީނު ފުރިހަމަކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މި ކޯހަކީ ވަރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ހިންގާ ކޯހެކެވެ. މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން އުފެއްދުމެވެ.
މި ކޯހަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކެވެ.

ސަރުކާރުގެ ހަފުތާ 14 ގެ ހަރަކާތްތަކުގެ ތެރެއިން އިފްތިތާހު ކުރި މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ހިންގުނު ދެވަނަ ބޭސިކް މެރިކަލްޗަރ ކޯސް ނިންމުމުގެ ރަސްމިއްޔާތު ވަޒީރު އަޙްމަދު ޝިޔާމް ޝަރަފްވެރިކޮށްދެއްވުން.

ކޯސް ފުރިހަމަކުރި 14 ފަރާތާއެކު މެރިން ހެޗަރީ… pic.twitter.com/ARt6XSAYdU
— Ministry of Fisheries and Ocean Resources (@MFORmv) November 9, 2024