ކުޅިވަރު

މެސީއާއެކު ފުރަތަމަ ފަހަރަށް އިންޓަ މަޔާމީއިން ތައްޓެއް ކާމިޔާބުކޮށްފި

މެސީއާއެކު ފުރަތަމަ ފަހަރަށް އިންޓަ މަޔާމީއިން ތައްޓެއް ކާމިޔާބުކޮށްފި

އެމްއެލްއެސްގެ ތަށި އިންޓަ މަޔާމީއިން އުފުލާލުން / ފޮތޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 ޑިސެމްބަރު 2025، 09:43

07 ޑިސެމްބަރު 2025، 09:43

އެމެރިކާގެ މޭޖަރ ލީގު ސޮކަރ ކަޕްގެ ޗެމްޕިއަންކަން، ދުނިޔޭގެ ތަރި ލިއޮނެލް މެސީ ކުޅެމުން އަންނަ އިންޓަ މަޔާމީ ހޯދައިފިއެވެ. މިއީ އެ ކްލަބުގެ ތާރީޙުގައި ތައްޓެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ފްލޮރިޑާގައި ކުޅުނު މި މެޗު މަޔާމީއިން ކާމިޔާބުކުރީ، ވެންކޫވަރ ވައިޓް ކެޕްސް 3-1އިން ބަލިކޮށްގެންނެވެ. މި ކާމިޔާބީގައި މެސީ ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ. އެގޮތުން މެޗުގައި މަޔާމީގެ ދެ ގޯލަށް އޭނާ އެސިސްޓުކޮށްދިންއިރު، އަނެއް ގޯލުގައި ވެސް އޭނާގެ ޚިއްޞާ ބޮޑެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން، މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި މެސީ ބުނީ، އެއީ އޭނާ އެންމެ އިންތިޒާރުކުރި ވަގުތު ކަމަށާއި އަދި ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން އެންމެ ބޭނުންވި ވަގުތު ކަމަށެވެ. 

މި މެޗުގައި ވައިޓް ކެޕްސްގެ އެޑާރ އޮކޭމްޕޯ އަތުން ބައިކޮޅަށް ވަތް ގޯލަކާއެކު، މަޔާމީއިން ވަނީ މެޗުގެ 8ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. 

ނަމަވެސް މެޗުގައި ގަޑިއެއްހާއިރު ކުޅުވުނުތަނާހެން، ވައިޓް ކެޕްސްގެ އަލީ އަޙުމަދު ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މަޔާމީއިން އެ ޓީމުގެ ލީޑު އަނބުރާ ހޯދީ މެޗުގެ 71ވަނަ މިނެޓުގައި ރޮޑްރިގޯ ޑި ޕައުލް ކާމިޔާބުކުރި ގޯލަކުންނެވެ. އަދި އެ ޓީމުގެ ތިންވަނަ ގޯލު، މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޓެޑިއޯ އެލިންޑޭއެވެ.

މޭޖަރ ލީގު ސޮކާރގައި މަޔާމީ އަލަށް ހޯދި މި ތައްޓަކީ، އެ ޓީމުގެ ވެރިޔާ، ކުރީގެ އިންގްލެންޑް އަދި މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަން ޑޭވިޑް ބެކަމްއަށް ވެސް، މަޔާމީއަށް ކާމިޔާބީ ގެނެސްދޭން މަސައްކަތް ކުރަމުން ދިޔަ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ވަރަށް ޚާއްޞަ ތައްޓެކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބެކަމް ބުނީ، މި ދުވަސް ލިބުނީ އެތައް ރެއެއްގެ ނިދިން މަޙްރޫމްވެގެން ކުރެވުނު މަސައްކަތުން ކަމަށާއި، އަދި މިކަން ހާސިލްކުރެވުނީ ރަނގަޅު "ޕާޓްނަރުން"ތަކެއް އޭނާއާ ގުޅުމުން ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން