Ads by Stelco

ޚަބަރު

ބޯކޮށް ވާރޭވެހި، ތިނަދޫ ސިޓީގެ މަގުތަކުން ފެން ހިންދުމަށް ސިފައިން ނިކުމެއްޖެ

ބޯކޮށް ވާރޭވެހި، ތިނަދޫ ސިޓީގެ މަގުތަކުން ފެން ހިންދުމަށް ސިފައިން ނިކުމެއްޖެ

ތިނަދޫ ސިޓީގެ މަގެއް/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ޑިސެމްބަރު 2025، 09:58

07 ޑިސެމްބަރު 2025، 09:58

ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ތިނަދޫ ސިޓީގެ އެކި ސަރަޙައްދުތަކުގައި ފެން ހިންދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ސިފައިން ނިކުމެއްޖެއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވި ގޮތުގައި، ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ދަނީ ޙަރަކާތްތެރިވަމުންނެވެ. އެގޮތުން، މިވަގުތު ފެން ހިންދުމަށްޓަކައި ތިނަދޫ ސިޓީގެ ތިން ސަރަޙައްދެއްގައި ޕަންޕު ބަހައްޓައިގެން މަސައްކަތްކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.


މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ވެސް ނެރިފައެވެ. އަދި ކުރިއަށް އޮތް 3 ދުވަހު ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން