ޚަބަރު
ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ވަޒީރު ނާޒިމް ސަރަޙައްދީ ހޮސްޕިޓަލްތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
ވަޒީރު ނާޒިމް ސަރަޙައްދީ ހޮސްޕިޓަލްތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަނީ ފޮޓޯ:ސިއްޙީ ވުޒާރާ
ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ޞިއްޙީ ވުޒާރާގެ މިނިސްޓަރ އަބްދުއްﷲ ނާޒިމް އިބްރާހީމް، ސަރަޙައްދީ ހޮސްޕިޓަލްތަކުގެ ސީއީއޯއިންނާއި އިސް މެނޭޖްމަންޓާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމާއި، ހިދުމަތުގެ ހަރުދަނާކަން އިތުރުކުރުމާއި، އައު ޓެކްނޮލޮޖީ ތަޢާރަފުކުރުމާއި، އަދި ތަފާތު މަރުކަޒުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ. އޭގެ ތެރޭގައި ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމާއި، ހޮސްޕިޓަލްތަކުގެ ހިންގުން ހަރުދަނާކުރުމާއި، އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތް ފުޅާކުރުން ހިމެނެއެވެ.
Minister @ANazim2019 met with regional Hospital CEO’s and senior management to discuss strategies to strengthen the health system, focusing on patient care, operational efficiency, new technologies, and facility coordination.@KRHmv @aeh_mv @drasmhospital @urh_mv pic.twitter.com/38ERKgc4dH
— Ministry of Health (@MoHmv) November 9, 2024
މިދިޔަ ހަފްތާގައި ބޭއްވުނު ހެލްތު އެކްސްޕޯ ގައި ވާހަކަ ފުޅު ދައްކަވަމުން ދުޅަހެޔޮ އާބާދީއަކަށް ވުރެ ބޮޑު އެސެޓެއް ޤައުމެއްގައި ނޯންނާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކްސްޕޯގެ މަޤްސަދަކީވެސް ޞިއްޙީ މައުލޫމާތު ފޯރުކޮށްދީ ބަލިވީމަ ބޭސްކުރާ ނިޒާމެއްގެ ބަދަލުގައި ބަލިވުމުގެ ކުރިން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި އާދަ އަށަގަތުމަށް އާއްމުން ހޭލުންތެރިކުރުން ކަމަށެވެ.
މިނިސްޓަރ ގެ ވާހަކަފުޅުގައި ޞިއްޙީ ދާއިރާއިން މި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށްވެސް އަލިއަޅުވާލެއްވި އެވެ. އެގޮތުން އެއަރ އެމްބިއުލާންސްގެ ޚިދުމަތާއި ، ކޮލިޓީ ބޭސް ، އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް އަމަލުކުރަން ފެށުން މިނިސްޓަރ ފާހަގަކުރެއްވި އެވެ.