Ads by Stelco

ޚަބަރު

އެޗްޑީސީގެ ވެބްސައިޓަށް އޭއައި ބޮޓު 'މިތުރު' ގެ އިތުރުން އައު ފީޗާސްތަކެއް ތަޢާރަފުކޮށްފި

އެޗްޑީސީގެ ވެބްސައިޓަށް އޭއައި ބޮޓު 'މިތުރު' ގެ އިތުރުން އައު ފީޗާސްތަކެއް ތަޢާރަފުކޮށްފި

އޭއައި ބޮޓު 'މިތުރު'/ފޮޓޯ: އެޗްޑީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ޑިސެމްބަރު 2025، 11:13

07 ޑިސެމްބަރު 2025، 11:13

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ވެބްސައިޓަށް އޭއައި ބޮޓު 'މިތުރު' ގެ އިތުރުން އެކްސެސިބިލިޓީ އިތުރުކުރުމަށްޓަކައި އައު ފީޗާސްތަކެއް ތަޢާރަފުކޮށްފި އެވެ.

މިމަހުގެ 3 ވަނަ ދުވަހު ނުކުޅެދުންތެރިކަން ހުރި 30 ފަރާތަކަށް ވަޒީފާ ދިނުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މިކަން އިފްތިތާޙުކޮށްދެއްވީ އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އެވެ.

އެޗްޑީސީން ވިދާޅުވީ، ވެބްސައިޓަށް އަލަށް ތަޢާރަފްކުރެވުނު  ފީޗަރސްތަކަކީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެބްސައިޓް ބޭނުން ކުރަން ފަސޭހަކޮށްދިނުމަށް ތަޢާރަފްކުރެވުނު ފަންކްޝަންތަކެއް ކަމަށެވެ. ހަމަ އެހެންމެ، ވެބްސައިޓަށް އިތުރުކުރި ފަންކްޝަންތަކުގެ ތެރޭގައި، ވެބްސައިޓް ބޭނުންކުރާ ފަރާތަށް ފަސޭހަވާނެހެން އަކުރުތަކުގެ ސައިޒު ބަދަލުކުރުމާއި، ކުލަ ސްކީމް ބަދަލުކުރުމުގެ އިތުރުން ސްކްރީން ރީޑަރ ފަންކްޝަން ވެސް ހިމެނޭނެކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، ޑިސްލެކްސިޔާ ހުންނަ ފަރާތްތަކަށް ވެބްސައިޓްގެ މަޢުލޫމާތުތައް ކިޔައިލުން ފަސޭހަ ކުރުމަށްޓަކައި، 'ޑިސްލެކްސިޔާ ފްރެންޑްލީ' ފޮންޓެއް ވެސް މި ފީޗާސްތަކުގެ ތެރެއިން ތަޢާރަފުކުރެވިފައިވާ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. އަދި މިއީ އެ ކޯޕަރޭޝަނުން ޢާންމުކޮށް ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ވެބްސައިޓްގެ މައުޢުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް ކުރެވުނު މުހިއްމު މަސައްކަތެއްކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީން ވިދާޅުވީ، ވެބްސައިޓަށް ގެނެވުނު ބަދަލާއެކު، އެ ކޯޕަރޭޝަނުގެ ވެބްސައިޓުން ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން