Ads by Stelco

ޚަބަރު

މިދިޔަ ނޮވެމްބަރު މަހު އަސާސީ ކާބޯތަކެތީގެ އަގުތައް ދަށްވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި

މިދިޔަ ނޮވެމްބަރު މަހު އަސާސީ ކާބޯތަކެތީގެ އަގުތައް ދަށްވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި

މާރުކޭޓު ތެރެއިން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ޑިސެމްބަރު 2025، 12:44

07 ޑިސެމްބަރު 2025، 12:44

މިދިޔަ ނޮވެމްބަރު މަހު އަސާސީ ކާބޯތަކެތީގެ އަގުތައް ދަށްވެފައިވާކަމަށް ސްޓެޓިސްޓިކް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސްޓެޓިސްޓިކް ބިއުރޯއިން ކޮންމެ މަހަކުވެސް އަސާސީ މުދަލުގެ އަގަށް އަންނަމުންދާ ބަދަލުތައް އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް ރިޕޯޓުގައި ޢާންމުކުރަމުންދާއިރު، މިއަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރ މަހު އަސާސީ ކާބޯތަކެތީގެ އަގުތައް %0.69 ދަށްވެފައިވާކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް ރިޕޯޓުގައިވާ ގޮތުން، މިދިޔަ އޮކްޓޯބަރ މަހާއި އަޅާބަލާއިރު މައިގަނޑު ގޮތެއްގައި ހުރިހައި ބާވަތްތަކެއްގެ ވެސް އަގުތައް ވަނީ، %0.69 ދަށްވެފައެވެ. އެގޮތުން، ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް  އޮކްޓޯބަރ މަހާއި އަޅާބަލާއިރު ނޮވެމްބަރ މަހުގެ ތެރޭގައި %1.11 ދަށްވެފައިވީ ނަމަވެސް، ބުއިމަށް ބޭނުންކުރާ ތަކެތީގެ އަގުތައް %0.55 އަށް އިތުރުވެފައިވަކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން، ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ކުކުޅާއި މަހުގެ ބާވަތްތަކުގެ އަގުތައް މިދިޔަ މަހުގެ ތެރޭގައި  %0.04 އަށް ދަށްވެފައިވާއިރު، ކަނޑު މަހުގެ ބާވަތްތަކުގެ އަގުތައް %0.41 އަށް ވަނީ ދަށަށް ގޮސްފައެވެ. ހަމަ އެއާއެކު، މޭވާގެ ބާވަތްތަކުގެ އަގުތައް %4.50 އަދި ތަރުކާރީގެ ބާވަތްތަކުގެ އަގުތައް %0.76 އަށް ދަށްވެފައިވާއިރު، ބިހާއި ކިރުގެ ބާވަތްތަކުގެ އަގުތައް %0.80 އަށް ވަނީ ދަށްވެފައެވެ.

އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް (އީސީޕީއައި) އަކީ، ޢާންމުކޮށް ގޭބިސީއަށް ބޭނުންކުރާ އަސާސީ ބާވަތްތަކުގެ އަގުތަކަށް އައިސްފައިވާ ބަދަލު އެނގޭ ގޮތަށް ނެރެން ފެށި ލިސްޓެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން