Ads by Stelco

ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ރ. އަލިފުށީގައި ޚާއްޞަ އޮޕަރޭޝަނެއް!

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ރ. އަލިފުށީގައި ޚާއްޞަ އޮޕަރޭޝަނެއް!

އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ޑިސެމްބަރު 2025، 12:44

07 ޑިސެމްބަރު 2025، 12:44

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ރ. އަލިފުށީގައި ފުލުހުންނާއި ކައުންސިލުން ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން 2 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން ޤަވާއިދާ ޚިލާފަށް އަލިފުށީގައި އުޅޭ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ މަޢުލޫމާތު އެއްކޮށް، ކަމާ ގުޅުންހުރި އިދާރާތަކާ މަޢުލޫމާތު ހިއްސާކޮށް، އިދާރާތަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާނެކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މި މަސައްކަތުގައި މަޢުލޫމާތު އެއްކޮށް، ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި އެތަންތަނުގެ ޙާލަތު ދެނެގަތުމާއި، އެތަންތަނުގެ ވެރިފަރާތްތަކަކީ ކޮބައިތޯ ބަލައި، ޒިންމާދާރު ގޮތެއްގައި އެފަދަ ތަންތަން ދޫކުރުމަށް ބާރުއަޅައި އިރުޝާދު ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. އަދި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ހަމަ އެއާއެކު، ހިއުމަން ޓްރެފިކިންގ އަދި މަނީ ލޯންޑަރ ފަދަ ޖިނާއީ ކުށެއް ފާހަގަވެއްޖެނަމަ އެކަން ތަޙުޤީގުކޮށް ފިޔަވަޅު އެޅުމަކީވެސް މިމަސައްކަތުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުތަތުން ވިދާޅުވީ، 1 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން މިހާތަނަށް 74 ބިދޭސީއެއްގެ މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތި ޤަވާއިދާ ޚިލާފަށް އުޅެމުންދާ 3 ބިދޭސީއެއް ފާހަގަކުރެވިފައިވާއިރު، ބިދޭސީން ދިރިއުޅޭ 2 ތަނެއް ބަލައިފާސްކޮށް، އެއް ވިޔަފާރިއެއްގެ މަޢުލޫމާތު ނަގާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން