ފަރުދުން

ސިޔާސީ ދާއިރާއިން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް އެބަހުރި، މިއީ ފަސޭހަ މަސައްކަތެއްނޫން!

ސިޔާސީ ދާއިރާއިން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް އެބަހުރި، މިއީ ފަސޭހަ މަސައްކަތެއްނޫން!

މަލްޝާ ޝަރީފް: ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

07 ޑިސެމްބަރު 2025، 12:45

07 ޑިސެމްބަރު 2025، 12:45

ދާދިފަހުން ސިޔާސީ ދާއިރާއިން ފެނިގެންދިޔަ މަލްޝާ ޝަރީފަކީ ގިނަ ބަޔަކު ދަންނަ މީހުންނާ ގުޅޭ މިޒާޖެއްގެ މީހެކެވެ. މަލްޝާ ޝަރީފޭ ބުނުމުން ނޭންގޭ ޒުވާނަކު މިހާރު މަދުވާނެއެވެ. ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންގެ މަޤާމުގައި ހުންނެވި މަލްޝާ ޝަރީފަކީ މި ދާއިރާއިން މަތީ ތަޢުލީމް ޚާޞިލްކޮށްގެން ހުންނެވި ފަރާތެކެވެ.

ފަރުދުން މީޑީއާއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި މަލްޝާ ބުނީ މާކެޓިންގ އެންޑް ކޮމިއުނިކޭޝަން  ދާއިރާ އިޚްތިޔާރުކުރި އިރު މާކެޓިންގ އަކީ ކޯއްޗެއް ކަމެއް އެނގިފައި ނުވާކަމަށެވެ. އަދި މިދާއިރާ އިން ކުރިއަށްދާން ނިންމީ މަލްޝާއަކީ "އެކްސްޓްރޮވާޓް" މީހެއްކަމުން އިވެންޓްތަކާއި، މީހުންނާއި ގުޅިގެން ކުރާ މަސައްކަތެއް ކުރަން ބޭނުންވާތީ އެގޮތުގެ މަތީން ކަމުގައެވެ. މަލްޝާ ބުނީ ކޮންމެ ދާއިރާއަކާއި ކޮންމެ ވިޔަފާރި އަކަށްވެސް އެންމެ މުހިންމު ކަމަކީ މާކެޓިންގް ކަމުގައެވެ. އެގޮތުން، އެއްވެސް ދާއިރާއެއް މާކެޓިންގ އާއިނުލާ ކާމިޔާބެއް ނުވާނެކަމުގައި މަލްޝާ ދެކެއެވެ.

ފަރުދުން މީޑީއާއަށް ދެއްވި އިންޓަރވިއުގައި ސިޔާސީ ދާއިރާއަށް ނުކުމެވުނު ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަމުންމަލްޝާ ބުނީ ސިޔާސީ ދާއިރާއަށް ނުކުމެވުނީ އަމިއްލަ ޚިޔާލު ފާޅުކުރަމުން ދިއުމުގެ ތެރެއިން ކަމުގައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ސިޔާސީ ވާހަކަ ދެކެވި ޚިޔާލުތަށް ހުށަހަޅަމުންގޮސް ސިޔާސީ ދާއިރާއަށް ވަދެވުނީ ކަމުގައި މަލްޝާ ފާހަގަކުރިއެވެ. 

އަޅުގަނޑުގެ ޖެނެރޭޝަން ބޮޑުވީ ސޯޝަލް މީޑިއާ ތެރޭގަ. ފަސްޓް ޖެނެރޭޝަން އެވަރ، ވަރަށް ކުޑައިރު ސޯޝަލްމީޑިއާ އަށް އެކްސްޕޯސްވީ. އޭރު ދިވެހި ރާއްޖޭގަ އިއްތިފާގަކުން މި ދިމާވީ  ޑިމޮކްރަސީއާ ސޯޝަލް މީޑިއާއާ އެއްކޮން މިއައީ. އޭގަ ތެރޭގަ ބޮޑުވި މީހެއް އަޅުގަނޑަކީ. އެހެންވެ އެގޮތަށް ސޯޝަލް މީޑިއާގަ ސިޔާސީ ވަހަކަ ދައްކާ، އަމިއްލަ އޮޕީނިއަން ދީ ހަދައިގެން ސިޔާސީ ކަންކަމަށް ޝައުގުވެރިކަން އުފެދުނީ.

މަލްޝާ ބުންޏެވެ.

ކުޑަކުޑަ 2 ކުދިންގެ މަންމައެއް ކަމުގައިވާ މަލްޝާ ބުނީ އަދާކުރާ ވަޒީފާގެ މަސައްކަތް ކުރަމުން، ސިޔާސީ ކަންކަމުގަ އުޅެމުން، އާއިލާގެ ކަންކަން ބެލެންސް ކުރުމަކީ އުނދަގޫކަމެއް ކަމުގައެވެ. އަދި ގިނަ ފަހަރު ބެލެންސް ނުވާކަމަށާއި އެ ކޮންމެ ފަހަރަކުވެސް އާއިލާއިން ދެމުންގެންދާ އެހީތެރިކަން މަލްޝާ ފާހަގަކުރިއެވެެ. މަލްޝާ ބުނީ ކުރަމުންދާ ހުރިހާ މަސައްކަތަކުން ކުރިއަށް ދިއުމަށް މަގުފަހިވެގެންދަނީ، ފިރިމީހާއާއި މަންމަ އަދި ވަރަށް ގިނަ ބައެއްގެ އެހީއާއިއެކުގައި ކަމަށެވެ.

މަލްޝާ އިތުރަށް ބުނީ، ސިޔާސީ ދާއިރާއިން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް އެބައޮތް ކަމުގައެވެ. އެހެން ނަމަވެސް މި ދާއިރާއަކީ އަންހެން ކުދިންނަށް ކުރިއަށްދިއުމަށް އުނދަގޫވެދާނެ ދާއިރާއެއް ކަމަށް މަލްޝާ ބުނެފައި ވެއެވެ. ސަބަބެއް ކަަމަށް މަލްޝާ ބުނީ މި ދާއިރާއަށް ވަނުމާއެކު ގިނަ ބައެއްގެ ފާޑުކިޔުމާއި ހަޖޫޖެހުމާއު ފޮޓޯ ޖެހުމާއި ޒާތީ ކަންކަމާ ބެހުން ފަދަ ކަންކަމާ ކުރިމަތިވާތީ ކަމުގައެވެ. 

ސިޔާސީ ދާއިރާ ވެފަ މިއޮންނަނީ ހަޑި ދާއިރާއެއްގެ ގޮތުގަ. މިދާއިރާއަށް ނުކުންނަ މީހުންނަށްވެސް ވަރަށް ފިއްތުންތަކާ ކުރިމަތިލާންޖެހޭ. ބުލީކުރުމާ، ފޮޓޯލުމާ، ޒާތީ ކަންކަމާ ބެހުން. އެހެންވެ އެ ބިރުވެރިކަންވެސް އޮންނަ ހެން އަޅުގަނޑަށް ހީވަނީ މިކަމުގެ ތެރޭގަ ކުރިއަށްދާން ބޭނުންވާ ކުދިންނަށް.

މަލްޝާ ބުނެފައިވެއެވެ.


މަލްޝާ ބުނީ މަލްޝާގެ އެންމެ ބޭނުންވާ ނުވަތަ އެންމެ ބޮޑު ގޯލްއަކީ  ދެދަރިންނަށް ފުރިހަމަ މުސްތަޤުބަލެއް ހޯދައިދީ ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުން ކަމުގައެވެ. ހަމައެއާއެކު ރާއްޖޭގެ މުސްތަޤުބަލު ކަމުގައިިވާ އަދުގެ ކުދިންނަށް މިޤައުމަކީ ފަސޭހައިން އުޅެވޭނެ ތަނަކަށް ހެދުމަށް މަސައްކަތް ކުރުމާއި، ކުރާ މަސައްކަތުގައިި ހިއްސާދާރެއްގެ ގޮތުގައި އެންމެ ގާތުން އެހީތެރިވެދިނުން ކަމުގައެވެ.

އަޅުގަނޑުގެ މިހާރު އެންމެ ބޮޑު ގޯލްއަކީ  ދެދަރިންނަށް ފުރިހަމަ މުސްތަޤުބަލެއް ހޯދައިދީ ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުން. މުޅި ފިއުޗަރ ޖެނެރޭޝަންއަށް މިޤައުމަކީ ފަސޭހައިން ދިރިއުޅެވޭނެ ޤައުމަކަށް ހެދުން، އޭގަ އަޅުގަނޑުގެ ކޮންޓިރިބިއުޝަން ދިނުން.

މަލްޝާ ބުންޏެވެ.

މުޖުތަމަޢަށް މެސެޖެއް ދިނުމުގެ ގޮތުން މަލްޝާ ބުނީ ސިޔާސީ ޚިޔާލް ތަފާތުވުން އެކަހެރިކޮށް، ޤައުމުގެ ތަރައްޤީއަށް އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމުގައެވެ. ހަމައެއާއެކު ސިޔާސީ ޚިޔާލު ތަފާތުވުމުގެ ތެރެއިންވެސް ޒާތީ ނުވެ "ކޮންސްޓަކްޓިވް ކްރިޓިސިޒަމް" ގެންގުޅުން އެދޭކަމުގައެވެ. 



Ads by MSS

މި ލިޔުން ކިޔާލުމުން