ފަރުދުން / ޚަބަރު

އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން: އަންހެނުންގެ ތަރައްޤީއަށް އައު އުންމީދެއް، ވަރުގަދަ ޢަޒުމެއް

އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން: އަންހެނުންގެ ތަރައްޤީއަށް އައު އުންމީދެއް، ވަރުގަދަ ޢަޒުމެއް

އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން ފޮޓޯ: އެމްއެމްޓީވީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 މާރިޗު 2026، 11:06

12 މާރިޗު 2026، 11:06

ދިވެހިރާއްޖޭގެ ސިޔާސަތުތައް އެކުލަވާލުމާއި، ޤާނޫނުތައް ހެދުމުގެ އިތުރުން، ޤާނޫނީ ދާއިރާގައި ވަކާލާތުކުރުމުގެ ފަންނުގައި 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާލިބިވަޑައިގެންފައިވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާނަކީ، ޢަމަލީ ތަންފީޛީ އޮނިގަނޑުތަކާއި ތިއަރީތައް ބޭނުންކޮށްގެން ކަންކަން ނިންމުމުގެ މާހިރެކެވެ. ދައުލަތުގެ މުއައްސަސާތަކާއި، އަމިއްލަ ވިޔަފާރިތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުގައި އޭނާ އަދާކުރައްވާފައިވާ މުހިންމު ދައުރުތަކަކީ އޭނާގެ ހުނަރުވެރިކަމާއި ޤާބިލުކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެކެވެ.

ޢާއިލީ ބިންގާ

އަލައިކާގެ ޢާއިލީ ފަސްމަންޒަރަށް ބަލާއިރު، އޭނާއަކީ ދިވެހި މުޖުތަމަޢުގައި ފާހަގަކޮށްލެވޭ ޢާއިލާތަކަކަށް ނިސްބަތްވާ ބޭފުޅެކެވެ. ބައްޕަ، އަދުނާން ޢަލީ (ތަބައް ޢަދުނާން) އަކީ  މަޝްހޫރު އަލީ ފަހުމީ (ތަބައް އަލީ ފުޅު) އާއި، ހުތް އަލި ދީދީގެ ރުގިއްޔާ ދީދީގެ ދަރިކަލެކެވެ. މަންމަ، ޢާއިޝަތު މަހުރީނާއަކީ ދޮންނަ އަލީ ތައްޚާނުގެ ދޮންނަ ކުޑަމަނިކު (މޫސާ އަލީ) އާއި، ގާފަރު ހާޖީގެ ފާތުމާފުޅުގެ ދަރިކަނބަލުން ނަސީމާ އާއި، ތޮޅެންދޫ ޙަސަން ޤާސިމްގެ ދަރިކަނބަލެކެވެ. މި ވަރުގަދަ ޢާއިލީ ބިންގަލަކީ އޭނާގެ ތަރުބިއްޔަތާއި އަޚްލާޤީ ސިފަތަކުގެ އަސާސެވެ.

ތަޢުލީމީ ކާމިޔާބީތައް

އަލައިކާއަކީ ތަޢުލީމީ ގޮތުން ނަމޫނާ ޝަޚްސިއްޔަތެކެވެ. އޭނާ ވަނީ ޕަބްލިކް ޕޮލިސީގެ ދާއިރާއިންނާއި، ގްލޯބަލް ބިޒްނަސް އެންޑް ފައިނޭންސް ލޯގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. މީގެ އިތުރުން ޕަބްލިކް މެނޭޖްމަންޓުން ފުރަތަމަ ޑިގްރީ (އޮނަރސްއާއެކު)، ބިޒްނަސް މެނޭޖްމަންޓުން ޑިޕްލޮމާ، އަދި ޕްރޮފެޝަނަލް ކޮމިއުނިކޭޝަނުން ފައުންޑޭޝަން ސަނަދު ހާސިލުކުރައްވާފައިވެއެވެ. އަދި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށް، ވަކީލުކަމުގެ ހުއްދަ ހޯދުމަށް ބޭނުންވާ "ބާ އިމްތިޙާނު" ވެސް ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކުރައްވާފައެވެ. މި ހުރިހާ ސަނަދުތަކަކީ އޭނާގެ އިލްމީ ޤާބިލުކަމާއި، މެދުނުކެނޑި އުނގެނުމަށް ބަހައްޓަވާ ޝައުޤުވެރިކަން ހާމަކޮށްދޭ ކަންކަމެވެ.

މަސައްކަތުގެ ތަޖުރިބާ އާއި ޚިދުމަތް

އަލައިކާގެ މަސައްކަތުގެ ބާޒާރުގައި ހޭދަކުރެއްވި 15 އަހަރުގެ ތެރޭގައި ސަރުކާރުގެ މުހިންމު މަޤާމުތަކެއް ފުރުއްވާފައިވެއެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ޑައިރެކްޓަރކަން ހިމެނެއެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކޮމްޕލަޔަންސް އޯޑިޓަރެއްގެ ގޮތުންނާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ކޮމްޕްލެއިންޓްސް އޮފިސަރެއްގެ ގޮތުން އިންސާފާއި ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރައްވާފައިވެއެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، މޯލްޑިވްސް ޕޮލިޓެކްނިކް އަދި އެވިޑް ކޮލެޖްގައި ލެކްޗަރަރއެއްގެ ގޮތުގައި އޭނާ ވަނީ ޒުވާނުން ބިނާކުރުމަށް މަސައްކަތްކުރައްވާފައެވެ. މީގެ އިތުރުން ޓީވީ ޕްރެޒެންޓަރެއްގެ ގޮތުން މުޖުތަމަޢަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ސިޔާސީ ކެމްޕެއިންތަކުގެ ޓްރޭނަރެއްގެ ގޮތުން މަސައްކަތްކުރައްވައި، "ވިމެން އެންޑް ޑިމޮކްރެސީ" ޖަމިއްޔާގައި ވޮލަންޓިއަރެއްގެ ގޮތުން އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރައްވާފައިވެއެވެ.

އަންހެނުންގެ ތަރައްޤީއަށް ހުރި އެންމެ ޤާބިލު ޝަޚްސިއްޔަތު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް އަލައިކާ ކުރިމަތިލައްވާފައިވަނީ ވަރަށް މަތިވެރި ތަޞައްވުރަކާއެކުގައެވެ. އޭނާގެ އަމާޒަކީ މާލެ ސިޓީއަކީ އާއިލާތަކަށް އަމާން، އަންހެނުންނަށް އިޤްތިޞާދީ ގޮތުން ފުދުންތެރި، އަދި އިޖުތިމާއީ ގުޅުންތަކަށް ފަހި އޯގާތެރި މާޙައުލަކަށް ހެދުމެވެ. ގޭގައި ތިބެގެން އަންހެނުންނަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމާއި، އާއިލީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ އޭނާގެ އެންމެ އިސް ސިޔާސަތެވެ.

އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާނަކީ އޭނާގެ ތަޢުލީމީ ފަންނާއި، ދިގު މުއްދަތުގެ މަސައްކަތުގެ ތަޖުރިބާއާއެކު، އަންހެނުންގެ ހަޤީޤީ ކުރިއެރުމަށް ބޭނުންވާ ބަދަލުތައް ގެނެސްދެވޭނެ، އިތުބާރު ހުރި އަދި ޤާބިލު ލީޑަރެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450