ޚަބަރު
55 ކައުންސިލްގެ މަސައްކަތްތައް ޖޫންމަހުގެ ނިޔަލަށް ނިންމައި، ތަޅުދަނޑި ހަވާލުކުރެވޭނެ: ވަޒީރު އާދަމް ޝަރީފް
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: ވަޒީރު
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އެޅުމަށް ހަމަޖެހިފައިވާ، 55 ކައުންސިލް އިދާރާގެ މަސައްކަތްތައް ޖޫންމަހުގެ ނިޔަލަށް ނިންމައި، ތަޅުދަނޑި ހަވާލުކުރެވޭނެކަމަށް ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މިފަދައިން ވިދާޅުވީ، ކައުންސިލްތަކުގެ ޢަމަލީ މަސައްކަތުގެ އަދާހަމަ ހިއްސާކުރައްވާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ސަރުކާރުން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ރަށްރަށުގެ ބައުވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އިމާރާތްކުރުމަށް ހިންގާ މަޝްރޫޢު (55 ކައުންސިލް ޕްރޮޖެކްޓު) ގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. ހަމަ އެހެންމެ، އަންނަ ޖޫންމަހުގެ ނިޔަލަށް މުޅި މަޝްރޫޢު ނިންމައި، ކައުންސިލްތަކަށް ތަޅުދަނޑި ހަވާލުކުރެވޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
HEP Dr Muizzu @MMuizzu ge sarukaarun, Contractor Finance usoolun Council idhaaraathah imaaraaiy kurumah hingaa mashroou (55 councils project) ge masakkaiy baarah kuriah. June ge niyalah mulhi mashroou nimmai, council thakah thalhudhandi havaalu kureveyne. IA@presidencymv… pic.twitter.com/EVp0gMl9q8
— Adam Shareef Umar (@Adamshareefz) December 7, 2025
މި ކައުންސިލް އިދާރާތަކުގެ މަސައްކަތްތައް ކުރިއަށްދަނީ އެ ތަންތަނުގެ މަސައްކަތް ކުރާނެ ފަރާތެއް ކައުންސިލްތައް މެދުވެރިކޮށް ހޯދުމަށް ފަހުއެވެ. އެގޮތުން، މަޝްރޫޢުގެ މަސައްކަތަށް ކައުންސިލްތައް މެދުވެރިކޮށް އެ ރަށަކުން ބަޔަކު ހޯދާ، މަސައްކަތްކުރުމުގެ ޙަޤީޤީ ބޭނުމަކީީ، އެ ކަންކަމުގައި ކައުންސިލްތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ރަށެއްގެ ރައްޔިތުންނަށް އިޤްތިޞާދީ މަންފާ ހޯދައިދިނުމެވެ. އަދި މި މަސައްކަތް ކުރިއަށްދާއިރު، ރަށު ފެންވަރުގައި އެކުލަވާލެވިފައި އޮންނަ މޮނިޓަރިންގ ކޮމިޓީއެއް އޮންނަކަންވެސް ފާހަގަކޮށްލެވެއެވެ.
މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ ގޯތީގެ ވަށާފާރުރޭނުމާއި، ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދޭ ގޮތަށް ވެސް ހަމަޖެހިފައިވާއިރު، މި ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދެއްވުމެވެ.