Ads by Stelco

ޚަބަރު

މުރުމުރާއި، ގުޅަ، އަތުޖެހިފަދަ ތަކެތި ހަދަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

މުރުމުރާއި، ގުޅަ، އަތުޖެހިފަދަ ތަކެތި ހަދަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޓާސްކްފޯހުން ކުރިޔަށްގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން

farudhun logo

ފަރުދުން

07 ޑިސެމްބަރު 2025، 09:32

07 ޑިސެމްބަރު 2025، 09:32

އާންމު ސާފުތާހިރުކަމަށް ބެލުމެއްނެތި، މުރުމުރާއި، ގުޅަ، އަތުޖެހިފަދަ ލުއިކާނާގެ ބާވަތްތައް ހަދަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ނޭޝަނަލް ޓާސްކްފޯހުން ކުރިޔަށްގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން މިރޭ ދިލްކުޝާގޯޅީގައި ހިންގި އޮޕަރޭޝަނަކީ، އާންމު ސާފުތާހިރުކަމަށް ބެލުމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދާކަމަށް ލިބުނު މަޢުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އެގޮތުން ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރ ކުރަމުންދިއަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ 4 އެކޮމޮޑޭޝަން ބްލޮކް ބަލައި ފާސްކޮށްފައިވެއެވެ. އިމިގްރޭޝަނުން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ބިދޭސީން ތައްޔާރުކުރަމުން ދިޔަ ތަކެއްޗަކީ ފިހާރަތަކަށް ގެންގޮސްގެން އާންމުންނަށް ވިއްކުމަށް ތައްޔާރުކުރަމުން ދިޔަ ތަކެއްޗެވެ. 

ޓާސްކްފޯހުން ކުރިޔަށްގެންދާ އިންސްޕެކްޝަންތަކުގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން

މި އޮޕަރޭޝަންގެ ތެރެއިން އެ ތަނުގައި، އިމިގްރޭޝަންގެ ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 18 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް 27 ނޮވެމްބަރުގައި ކުރެވުނު އިއުލާނާ ގުޅިގެން، ޓާސްކްފޯހުން ދަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި، އަދި ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހުއްޓުވުމެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން