ދުނިޔެ

އިޒްރާއިލުން ސީރިއާގެ ބިމުން ހިފާފައިވާ ސަރަޙައްދުތަކުން ފަހަތަށް ނުޖެހިއްޖެނަމަ އިޒްރާއިލާއެކު ސަލާމަތީ އެއްބަސްވުން ނުހަދާނެ: ސީރިއާ

އިޒްރާއިލުން ސީރިއާގެ ބިމުން ހިފާފައިވާ ސަރަޙައްދުތަކުން ފަހަތަށް ނުޖެހިއްޖެނަމަ އިޒްރާއިލާއެކު ސަލާމަތީ އެއްބަސްވުން ނުހަދާނެ: ސީރިއާ

ސީރިއާގެ ޚާރިޖީ ވަޒީރު އަސަދު އަލް-ޝައިބާނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ޑިސެމްބަރު 2025، 10:55

08 ޑިސެމްބަރު 2025، 10:55

2024 ވަނަ އަހަރުގެ ޑިސެމްބަރު 8 ގެ ފަހުން އިޒްރޭލުގެ ސިފައިން ހިފާފައިވާ ހުރިހާ ސަރަހައްދަކުން އެއްކޮށް ފަހަތަށް ނުޖެހިއްޖެނަމަ އިޒްރޭލާއެކު ސީރިއާ އިން އެއްވެސް ސަލާމަތީ އެއްބަސްވުމެއް ނުހަދާނެ ކަމަށް ސީރިއާގެ ޚާރިޖީ ވަޒީރު އަސަދު އަލް-ޝައިބާނީ އާދިއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

 ދޯހާ ފޯރަމްގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ޝައިބާނީ ވިދާޅުވީ، "ސީރިއާގެ ބިމުގެ ބައެއް ހިފާފައިވާ އިރު އިޒްރޭލާއެކު ސަލާމަތީ އެއްބަސްވުމެއް ހެދުމަކީ އެކަށީގެންވާ ކަމެއް ނޫނެް" ކަމަށެވެ. 

"މެޕް އަނބުރާ މިދިޔަ އަހަރުގެ ޑިސެމްބަރު 7 ގައި އޮތް ގޮތަށް ބަދަލުވާން ޖެހޭނެ." އަލް-ޝައިބާނީ ވިދާޅުވިއެވެ.

 އޭގެ ކުރީ ދުވަހު ސީރިއާގެ ރައީސް އަޙްމަދު އަލް-ޝަރަޢާ އިންޒާރު ދެއްވީ، 1974 ވަނަ އަހަރުގެ ޑިސްއެންގޭޖްމަންޓް އެއްބަސްވުމަށް ބަދަލު ގެނައުމަށް ނުވަތަ އެހެން އިންތިޒާމުތަކެއް ހޯދުމަށް އިޒްރޭލުން ކުރާ ކޮންމެ މަސައްކަތަކުން، ނޭނގޭ ނަތީޖާތަކެއް ކުރިމަތިވާނެ ނުރައްކާތެރި ތަނަކަށް ބަދަލުވާނެ ކަމަށެވެ. 

ދޯހާ ފޯރަމް 2025 ގައި ބޭއްވި ޑައިލޮގް ސެޝަނެއްގައި ވާހަކަ ދައްކަވަމުން ޝަރަޢާ އިޒްރޭލަށް ތުހުމަތު ކުރެއްވީ "އެމީހުންގެ ކާރިސާތައް އެހެން ޤައުމުތަކަށް އެކްސްޕޯޓްކޮށް" އަދި ޣައްޒާ ހަނގުރާމައިގެ ޒިންމާއިން ސަލާމަތްވާން މަސައްކަތް ކުރާ ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ، އިޒްރޭލުން ސަލާމަތުގެ ނަމުގައި ހުރިހާ ޢަމަލުތަކެއް ކުރަމުންދާއިރު، ސީރިއާ މިނިވަންވުމަށް ފަހު "ސަރަހައްދީ ހަމަޖެހުން ވަރުގަދަ ކުރުމަށް އަމާޒުކޮށްފައިވާ މެސެޖުތައް ފޮނުވާފައިވާ" ކަމަށެވެ. ޝަރަޢާ ބަޔާން ކުރެއްވީ، ގޯލާން ހައިޓްސްގައި ހަނގުރާމަ ހުއްޓާލާފައިވާ ސަރަހައްދާ ގުޅޭ 1974 ވަނަ އަހަރުގެ އެއްބަސްވުމަށް އިޒްރޭލުން ފުރިހަމައަށް ތަބާވާން ޖެހޭނެ ކަމަށެވެ. ސީރިއާގެ ސިފައިން ބާކީކޮށްފިނަމަ އެފަދަ ސަރަހައްދެއް ރައްކާތެރި ކުރާނީ ކާކުތޯ ސުވާލު ކުރައްވައި، ހަތިޔާރު ނައްތާލާފައިވާ ބަފަރ ޒޯނަކަށް ގޮވާލުމުގެ ލޮޖިކަލްކަމާމެދު އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

 "ކޮންމެ އެއްބަސްވުމަކުން ވެސް ސީރިއާގެ މަސްލަޙަތުތައް ކަށަވަރުކޮށްދޭން ޖެހޭނެ. ސީރިއާއަކީ އިޒްރޭލުގެ ހަމަލާތަކަށް ހުށަހެޅިފައިވާ ފަރާތް، އެހެންކަމުން ފަހަތަށް ޖެހުމަށާއި ސަލާމަތީ އިންތިޒާމުތަކަށް އެދެން އެންމެ ހައްޤުވެގެންވަނީ ކާކަށް ހެއްޔެވެ؟" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިޒްރޭލާއެކު، އެމެރިކާގެ ބައިވެރިވުމާއެކު، މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، 2024 ވަނަ އަހަރުގެ ޑިސެމްބަރު 8 ގެ ކުރިން އޮތް ސަރަހައްދުތަކަށް އިޒްރޭލުން ފަހަތަށް ޖެހުމަށް ސީރިއާއިން އެދޭ އެދުމަށް ބައިވެރިވާ ހުރިހާ ޤައުމަކުން ތާއީދު ކުރާ ކަމަށެވެ. 

ޝަރަޢާ ވިދާޅުވީ، ބައްޝާރު އަލް-އަސަދު ވެރިކަމުން ދުރުވުމަށް ފަހު ސީރިއާއިން އެ ޤައުމުގެ ބައިނަލްއަޤްވާމީ ގުޅުންތައް އަލުން ބިނާކޮށްފައިވާ ކަމަށާއި، އަދި "ކާރިސާތައް އެކްސްޕޯޓް ކުރާ ސަރަހައްދަކުން ސަރަހައްދީ ހަމަޖެހުމުގެ މިސާލަކަށް ވެވޭނެ ސަރަހައްދަކަށް" ބަދަލުވަމުންދާ ކަމަށެވެ. 

ސީޒަރ އެކްޓްގެ ދަށުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއްކޮށް ނެގުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވައުދުވެ ވަޑައިގަތީ، ޓްރަމްޕްގެ އިދާރާއިން އެ މަގަށް ތާއީދު ކުރާ ކަމަށާއި، ދިގު މުއްދަތުގެ ހަމަޖެހުމަށް އިޤްތިޞާދީ އަނބުރާ ރަނގަޅުވުން މުހިންމު ކަމަށް ވިދާޅުވަމުންނެވެ. 

ވެރިކަން ހިންގުމާ ގުޅޭގޮތުން ޝަރަޢާ ވިދާޅުވީ، "މަޝްހޫރު އިންޤިލާބުގެ" ކާމިޔާބީގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވި ކަމަށް ފަހު ސީރިއާ ވަނީ އާ ނިޒާމަކަށް ބަދަލުވެފައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިހާރުގެ ސަރުކާރު ބިނާވެފައިވަނީ ކޯޓާތަކަށް ވުރެ ބޮޑަށް ޤާބިލުކަމުގެ މައްޗަށް ކަމަށާއި، ޤައުމީ ފެންވަރުގައި ބޭއްވި ޑައިލޮގެއްގެ ފަހުން ބަލައިގަނެފައިވާ ވަގުތީ ޤާނޫނު އަސާސީގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ އިޢުލާނުގެ ދަށުން، އާ ޤާނޫނުތައް ނެރެ، ދާއިމީ ޤާނޫނު އަސާސީއެއް އެކުލަވާލެވެންދެން ރައީސްއަށް ފަސް އަހަރު ދުވަހު މަޤާމުގައި ހުންރެވޭނެއެވެ. 

މި ބަދަލުގެ ބައެއްގެ ގޮތުގައި ހަތަރު އަހަރު ފަހުން އިންތިޚާބު ބޭއްވުމަށް ވަނީ އިންތިޒާރު ކުރެވިފައެވެ. އެމަނިކުފާނު ވިދާޅުވީ، "ސީރިއާ ކުރިއަރަމުންދަނީ އިންތިޚާބުތަކުގެ މައްޗަށް ބިނާކޮށް. އެމީހުންނަށް ވެރިކަން ކުރާނެ މީހުން ހޮވުމުގެ އުޞޫލަކީ އަސާސީ އުޞޫލެކެވެ." 2024 ވަނަ އަހަރުގެ ޑިސެމްބަރު 8 ގައި އަސަދު ވެރިކަމުން ދުރުކުރުމަށް ފަހު، ސަރުކާރުން ވަނީ ޤައުމުގެ އެކި ކަންކޮޅުތަކުގައި ސަލާމަތީ ހާލަތު ހަމަޖެއްސުމަށް ކުރާ މަސައްކަތްތައް އިތުރުކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450