Ads by Stelco

ޚަބަރު

‏ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި

‏ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި

ކަސްޓަމްސް ބިލްޑިންގ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ޑިސެމްބަރު 2025، 01:08

08 ޑިސެމްބަރު 2025، 01:08

‏ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް ސަރވިސް އިން ވިދާޅުވީ، އަތުލައިގަނެފައި ވަނީ ރާއްޖެއަށް އެތެރެކުރަން އުޅުނު 1.2 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ.

ކަސްޓަމްސް އިން އިތުރަށް ވިދާޅުވީ، މި މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ވަޤުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަދި އަތުލައިގަނެފައި ވަނީ ކެނެބިސް ފަތް ކަމަށެވެށް ކަސްޓަމްސް އިން މަޢުލޫމާތުދޭއިރު، މި ތަކެތީގެ ބަރުދަނުގައި 1.170 ގްރާމް ހުރި ކަމަށްވެސް ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މިއީ 936،000 ރުފިޔާގެ މަސްތުވާތަކެތިކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މިކަމާއި ގުޅޭ އިތުރު ތަފްޞީލު ކަސްޓަމްސް އިން ހާމަކޮށްފައިނުވާއިރު، މީގެ ކުރިންވެސް ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން