Ads by Stelco

ޚަބަރު

މާލޭ ތޮއިބާ މިސްކިތް ހުންނަ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެ

މާލޭ ތޮއިބާ މިސްކިތް ހުންނަ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެ

ތޮއިބާ މިސްކިތް ސަރަޙައްދު/ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ޑިސެމްބަރު 2025، 01:08

08 ޑިސެމްބަރު 2025، 01:08

މާލޭ ތޮއިބާ މިސްކިތް ހުންނަ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ އެވެ.

މިކަމާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ އިން ވިދާޅުވީ އެކުންފުނީގެ ކަރަންޓުގެ ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ، ތޮއިބާ މިސްކިތް ހުންނަ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ހަމަ އެހެންމެ، ކޭބަލަށް ދިމާވި މައްސަލަ ދެނެގަނެ، ވީ އެންމެ އަވަހަކަށް އެ މައްސަލަ ޙައްލުކޮށް، ކަރަންޓުގެ ޚިދުމަތް އަލުން ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.

ކަރަންޓު ދިޔުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން