Ads by Stelco

ޚަބަރު

މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށް، ފައިސާތަކެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށް، ފައިސާތަކެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ޑިސެމްބަރު 2025، 02:42

08 ޑިސެމްބަރު 2025، 02:42

މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށް، ފައިސާތަކެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާލުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ،މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ އަށްވުރެ ގިނަ ފައިސާ ހޯދައި، އެފައިސާތަކުގެ ތެރެއިން ބައެއް ނާގާފައިވާ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) އެވެ. މީނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 6 ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަޙުޤީގަށް އެނިފައިވާ ގޮތުގައި އޭނާވަނީ މިކަމަށް އަމިއްލަ އެކައުންޓެއް ބެންކުގައި ހުޅުވައި މަންފާ ހޯދުމަށް އެއެކައުންޓް ކުއްޔަދީ މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ހޯދާފައިވާ ފައިސާގެ ތެރެއިން 75،000 ރުފިޔާ އެކައުންޓަށް ޖަމާކޮށް އެފައިސާ ނަގާފައި ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިއީ މިމައްސަލައާ ގުޅިގެން ހައްޔަރުކުރި 2 ވަނަ މީހާއާއެވެ. ފުރަތަމަ މީހާ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 4 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އޭނާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން