Ads by Stelco

ޚަބަރު

ވަޢުދާ ޚިލާފެއް ނުވާނަން، ފުލެޓު އަތުލެވުނު ފަރާތްތަކަށް ފުލެޓު އަލުން ދޭނަން: ރައީސް

ވަޢުދާ ޚިލާފެއް ނުވާނަން، ފުލެޓު އަތުލެވުނު ފަރާތްތަކަށް ފުލެޓު އަލުން ދޭނަން: ރައީސް

ރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ.

farudhun logo

ފަރުދުން

08 ޑިސެމްބަރު 2025، 02:47

08 ޑިސެމްބަރު 2025، 02:47

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ހިޔާ ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައި، ލިޔުން ޙަވާލުކޮށްފައިވާ މީހުންްގެ ތެރެއިން މިދިޔަ އެމް.ޑީ.ޕީ. ސަރުކާރުން ފުލެޓު އަތުލި އެންމެނަށް ފުލެޓު އަލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ އާކޮށްދެއްވައިފިއެވެ.

މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވޭ ސިލްސިލާ ބައްދަލްވުންތަކުގެ ތެރެއިން، ހެންވޭރު ރައްޔިތުންނަށް ޚާއްޞަކޮށްގެން ރޭ ބޭއްވި ބައްދަލްވުމުގައި، އެމް.ޑީ.ޕީ. ސަރުކާރުން ފުލެޓު އަތުލި ބައެއް ރައްޔިތުން ވަނީ އެ ކަމުގެ ޝަކުވާ ރައީސް އަރިހުގައި ދަންނަވާފައެވެ.

އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަނިކުފާނު ހައުސިންގ މިނިސްޓަރުގެ ގޮތުގައި ހުންނެވިއިރު ކުރިއަށް ގެންދެވި ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓު ލިބޭނެ މީހުން ކަނޑައަޅައި، ލިޔުން ވެސް ޙަވާލުކޮށްފައިވަނިކޮށް މިދިޔަ ސަރުކާރުން އޭގެ ތެރެއިން ބައެއް މީހުންނަށް ފުލެޓު ނުދޭން ނިންމި ކަމަށެވެ. އެ ފަދަ މީހުންނަށް ފުލެޓު ކަށަވަރުކޮށްދެއްވުމަކީ އެ މަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، މި ސަރުކާރުން ހިންގާ ފުރަތަމަ ހައުސިންގ ސްކީމަކުން އޭގެ ތެރެއިން ބައެއް މީހުންނަށް ފުލެޓު ލިބޭނެ ކަަމަށެވެ.

މިދިޔަ ސަރުކާރުން ހުޔާ ފުލެޓު އަތުލާފައި ތިބި ފަރާތްތަކަށް ޚާއްޞަ ކެޓަގަރީއެއް، މި ސަރުކާރުގެ ކޮންމެ ހައުސިންގ ސްކީމެއްގައި ވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މީހުންގެ އަދުގެ ޙާލަތަށް ބެލުމެއް ނެތި، އިތުރު ޝަރުޠުތަކަކާ ނުލައި ފުލެޓު ދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހަމައެކަނި އެ ފަރާތްތަކުން ޖެހޭނީ އެޕްލައި ކޮށްލަން. އެއީ އިތުރު ޝަރުޠެއް އޮތް ކަމެއް ނޫން. މި އަންނަ އާ ޝަރުޠުތަކެއް އެ ފަރާތްތަކަކަށް ނޯންނާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ވަރަށް ގިނަ ޢަދަދެއްގެ ޙައްޤުވެރީން އަތުން ފުލެޓު އަތުލާފައިވާ ކަމަށާއި،ވީމާ އެއް ފަހަރާ ހުރިހައި އެންމެންނަށް އެއްް ސްކީމަކުން ފުލެޓު ނުލިބިދާނެ ކަމަށެވެ. ނަމަވެސް، އެންމެންނަށް ފުލެޓު ލިބެންދެން ކޮންމެ ސްކީމަކުން ވަކި ޢަދަދެއް ކަނޑައަޅާފައި އޮންނާނެ ކަމަށާއި، އެ ޢަދަދުގެ ތެރެއިން އެ މީހުންނަށް ފުރުޞަތު ދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، މާލެ ސަރަޙައްދުގައި ވަރަށް އަވަހަށް 7،500 ފުލެޓު ބިނާކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. ވުމާ އެކު، އެ ހުރިހައި ސްކީމަކުން ކުރީން ހިޔާ ފުލެޓު ދޭން ނިންމި ފަރާތްތައް ހިމެނޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ކ

ކަބަލުން

08/12/2025 17:43

ވައުދާ ހިލާފު ވަނީ ކިހާ ވަރަކަށްވީމަ ހިޔާފުލެޓު ދެވާހަކަ ދައްކާއިރު މިފަރުތިއަތުލީކީއްވެ އެމީހުން ހަށްގުކޮބާ ހާދަ ދަތިތަން ކޮޅުގަ އުޅޭމީހުން އެބަތިށްބޭ އެބުނަނީ އެމީހުންނަށް ދޭނަމޭ މީހަކު ކޮސްވެދާނެ.

ކ

ކަބަލުން

08/12/2025 17:43

ވައުދާ ހިލާފު ވަނީ ކިހާ ވަރަކަށްވީމަ ހިޔާފުލެޓު ދެވާހަކަ ދައްކާއިރު މިފަރުތިއަތުލީކީއްވެ އެމީހުން ހަށްގުކޮބާ ހާދަ ދަތިތަން ކޮޅުގަ އުޅޭމީހުން އެބަތިށްބޭ އެބުނަނީ އެމީހުންނަށް ދޭނަމޭ މީހަކު ކޮސްވެދާނެ.